Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ދެވަނަ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ

6 ލޯބިވުމުގެ މާނައަކީ މާތްރަސްކަލާނގެ އެންގެވި ފަދައިން އަހަރެމެން އަމަލުކުރުން ވެސް މެއެވެ. އަދި ފެށުމުގައި ވެސް އެންމެ ފުރަތަމަ، އެ ކަލާނގެ އެންގެވީ އެކަލާނގެއާއި އެހެނިހެން މީހުން ދެކެ ލޯބި ވުންމަތީ ތިޔަބައިމީހުންގެ ދިރިއުޅުން ހޭދަ ކުރަމުން ގެންދިއުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ދެވަނަ ސިޓީ 1:6
14 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ.


އަހަރެން ދެކެ ލޯބިވާ މީހަކު އަހަރެން އެންގި ބަސްތަކާއި އެއްފަދައިން ކަންތައްކުރާނެ. އަދި އަހަރެން ދެކެ ލޯބިވާ މީހަކުދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި އަހަރެން ވެސް އެމީހަކުދެކެ ލޯބިވާނަން. އަދި އެއިން ކޮންމެ މީހަކަށް އަހަރެންނަކީ ކޮބައިކަން ރަނގަޅަށް އެނގި ފެންނާނެ ފަދައިން އަހަރެން ކަންތައްކުރާނަން.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންދެކެ މީހަކު ލޯބިވާނަމަ އެމީހަކު އަހަރެން އެންގި ބަސްތަކާއި އެއްގޮތަށް ކަންތައް ކުރާނެ. އޭރުން އެމީހަކު ދެކެ އަހަރެންގެ ބައްޕާފުޅު ވެސް ލޯބިވެވޮޑިގެންވާނެ. އަދި ބައްޕާފުޅާއި އަހަރެން އެމީހަކުގެ ގާތަށް އައިސް އެމީހެއްގެ ކިބައިގައިވާނެ.


އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.


ކަލޭމެން އަހަރެންގެ ބަސްތަކަށް ކިޔަމަން ވަނީ ނަމަ ކަލޭމެންނަކީ އަހަރެންގެ ރަޙުމަތްތެރިން، އަދި ގާތް މީހުން.


އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ.


ނަމަވެސް އަހަރެމެން އެކަލާނގެ ބަސްފުޅުތަކަށް ކިޔަމަންތެރި ވާނަމަ އަހަރެމެންނީ އެކަލާނގެއާއިމެދު ފުރިހަމަޔަށް ލޯބިވާ ބައެއްކަން ހާމަވާނެއެވެ. އަހަރެމެން އެކަލާނގެއާ އެއްބައިވެ ތިބިކަން އަހަރެމެންނަށް އެނގޭނީ މިގޮތުންނެވެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެން ތިޔަބައިމީހުންނަށް ލިޔާ މި އަމުރުފުޅަކީ އާ އަމުރުފުޅެއްނޫނެވެ. މިއީ ތިޔަބައިމީހުންނަށް އެންމެ ކުރީގައި ވެސް ބާވައިލައްވާފައިވާ އަމުރުފުޅެކެވެ. މިއީ ތިޔަބައިމީހުންނަށް މީގެ ކުރީގައި ވެސް އަޑުއިވިފައިވާނެ އަމުރުފުޅެއް ވެސް މެއެވެ.


އަހަރެމެން ކަމަކު އެދި ދަންނަވާ ކޮންމެ ފަހަރަކު އެކަލާނގެ އެއަޑު އައްސަވާކަން އަހަރެމެންނަށް އެނގެއެވެ. އަދި އެކަލާނގެ އަހަރެމެން އެދި ދަންނަވާ ކަންތައް ފުއްދަވައި ދެއްވާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ.


މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.


ލޯބިވާ ކަމަނާއެވެ! ތިޔަބައިމީހުން މީގެ ކުރީން އަމަލުކޮށްފައި ނުވާ ކަމެއް ކުރަން އެންގުމަކަށް އަހަރެން މިސިޓީއެއް ނުލިޔަމެވެ. އަހަރެން މި ސިޓީގައި މި ލިޔަނީ ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ލޯބި ވުމަށެވެ. އެއީ އެންމެ ފުރަތަމައިނުން ތިޔަބައިމީހުން ކުރުމަށް އަންގަވާފައިވާ ކަންތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ