Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ދެވަނަ ސިޓީ 1:5 - ކިތާބުލް މުޤައްދަސާ

5 ލޯބިވާ ކަމަނާއެވެ! ތިޔަބައިމީހުން މީގެ ކުރީން އަމަލުކޮށްފައި ނުވާ ކަމެއް ކުރަން އެންގުމަކަށް އަހަރެން މިސިޓީއެއް ނުލިޔަމެވެ. އަހަރެން މި ސިޓީގައި މި ލިޔަނީ ތިޔަބައިމީހުން އެކަކު އަނެކެއްގެ މައްޗަށް ލޯބި ވުމަށެވެ. އެއީ އެންމެ ފުރަތަމައިނުން ތިޔަބައިމީހުން ކުރުމަށް އަންގަވާފައިވާ ކަންތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ދެވަނަ ސިޓީ 1:5
17 ပူးပေါင်းရင်းမြစ်များ  

އަހަރެން އަމުރު ކުރަނީ މި ކަމަށް. އަހަރެން ކަލޭމެން ދެކެ ލޯބިވާ ފަދައިން ކަލޭމެން ވެސް އެކަކު އަނެކަކު ދެކެ ލޯބި ވޭ!


އަހަރެން ކަލޭމެންނަށް އެކަކު އަނެކަކު ދެކެ ލޯބިވުމަށް އަމުރުކުރަން.⁠“


ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ބާރުފޯރުވާ ފަރާތަކީ މާތްރޫޙުފުޅު ކަމުގައި ވަނީނަމަ އެރޫޙުފުޅުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމުގައި މިފަދަ ސިފަތަކާއި އަމަލުތައް ވާނެ: ލޯބިވުން، އުފާވެރިކަން، ފުރާނައިގެ ހިތްހަމަޖެހުން، ކެތްތެރިކަން، ހިތްހެޔޮކަން، ރަނގަޅުކަން، ތެދުވެރިކަން،


އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.


ތިޔަބައިމީހުންގެ މެދުގައިވާ މަސީޙީ އާއިލާގެ އެކަކު އަނެކަކާއިމެދު ލޮބުވެތި ކަމުގައި ވުމަށް އެދި ތިޔަބައިމީހުންނަށް ލިޔާކަށް ވެސް ނުޖެހެއެވެ. ސަބަބަކީ ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ލޮބުވެތި ވުމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާފައިވާތީއެވެ.


އަހަރެމެން އެންމެން އެކަކުއަނެކަކާ އަޅާލައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ލޯބިވަމުން ދާށެވެ.


ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.


ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.


ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”⁠އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!⁠“


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


ޚާއްސަވެގެންވާ ކަމަނާއާއި އެކަމަނާގެ ދަރިންނަށް މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވަމެވެ. ތިޔަ ހުރިހާ އެންމެން ދެކެ ތެދުވެރިކަމާއެކުގައި އަހަރެން ލޯބިވަމެވެ. އަދި ތެދު ޙަގީގަތަކީ ކޮބައިކަން ދަންނަ ހުރިހާ އެންމެން ވެސް ތިޔަބައިމީހުން ދެކެ މިފަދައިން ލޯބިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ