Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ދެވަނަ ސިޓީ 1:2 - ކިތާބުލް މުޤައްދަސާ

2 ތިޔަބައިމީހުންދެކެ އަހަރެމެން ލޯބިވުމުގެ ސަބަބަކީ މިހާރު އަހަރެމެން އެންމެންގެ ހިތުގައި ތެދު ޙަޤީޤަތް ވާތީއެވެ. އަދި އަބަދުގެ އަބަދަށް އެކަން އެގޮތުގައި ވާނޭތީ ވެސްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ދެވަނަ ސިޓީ 1:2
11 ပူးပေါင်းရင်းမြစ်များ  

އަހަރެން ބައްޕާފުޅުގެ ކިބައިން އަހަރެން ފަދައިން ކަލޭމެންގެ ގާތުގައި ވުމަށް އެހެން އެހީތެރިއަކު ފޮނުއްވުމަށް އެދި ދަންނަވާނަން. އޭރުން ކަލޭމެންނަށް އެހީވުމުގައި ދެމިހުރުމަށް މާތްރޫޙުފުޅު ފޮނުއްވައި ދެއްވާނެ.


ކަލޭމެން އަހަންނާ އަދި އަހަރެންގެ ބަސްތަކާ ގުޅިފައިވާނަމަ، ކަލޭމެން ކޮންމެ ކަމަކަށް އެދި ދެންނެވިޔަސް އެކަމެއް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


މިތަކެތި ތިޔަބައިމީހުންނަށް އަބަދާއަބަދު ހަނދުމަ ކޮށްދިނުމަށް އަހަރެން ބޭނުންވެއެވެ. ހަމައެއާއެކު މި ތަކެއްޗަކީ ތިޔަބައިމީހުންނަށް އެނގިގެންވާ ތަކެތި ވެސް މެއެވެ. އަދި އެތަކެތީގެ މަތީގައި ތެދުވެރި ކަމާއިއެކު ތިޔަބައިމީހުން ގާއިމުވެތިބި ތަކެތި ވެސްމެއެވެ.


އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ.


ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ. ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ. އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ. އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ.


އަދި މި ދުނިޔެއާއި މި ދުނިޔޭގައިވާ އެންމެހާ ނުބައި ވެގެންވާ އެދުންތަކާއެކު އަބަދަށްޓަކައި ފަނާވެދެއެވެ. ނަމަވެސް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރި ފަރާތްތައް ތާއަބަދަށް ދިރި ދެމިތިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ