Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާގެ ދެވަނަ ސިޓީ 1:12 - ކިތާބުލް މުޤައްދަސާ

12 ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާގެ ދެވަނަ ސިޓީ 1:12
15 ပူးပေါင်းရင်းမြစ်များ  

އަހަރެން މިހެން މި ބުނީ އަހަރެންގެ ކިބައިގައި މިވާ އުފާ ކަލޭމެންގެ ކިބައިގައި ވުމަށްޓަކައި. އެގޮތުން ކަލޭމެންގެ އުފާ ވެސް ފުރިހަމަ ވެގެން ދިއުމަށްޓަކައި.


އަހަރެން ކަލޭމެން ގާތު ބުނަން ބޭނުން އެތައް އެތައް ބަސްތަކެއް އަދިވެސް އެބަހުރި. ނަމަވެސް މި ވަގުތު އެހުރިހާ ކަމެއް ވިސްނި އެނގުމުގެ ކުޅަދާނަކަމެއް ކަލޭމެންނަކަށް އަދި ލިބިފައެއް ނުވޭ.


މީގެ ކުރިން ދުވަހަކު ވެސް އަދި ކަލޭމެން މިފަދައިން އެދިފައެއް ނުވޭ. ނަމަވެސް މިހާރު ކަލޭމެން އަހަރެންގެ ނަމުގައި އެދެން ޖެހޭނެ. އެ އެދޭ ކަމެއް ބައްޕާފުޅު ކަލޭމެންނަށް ކޮށްދެއްވާނެ. އޭރުން ކަލޭމެން ކޮޅުނެތްކޮޅަށް އުފާވާނެ.


އަޅުގަނޑު އިނބަރަސްކަލާގެ ޙަޟްރަތަށް ދިއުމުގެ މަގުމަތީ ދުނިޔޭގައި ހުރެ މިވާހަކަ މި ބުނަނީ އެމީހުންގެ ހިތްތަކަށް އަޅުގަނޑުގެ ކިބައިގައި މިވާ އުފަލާ ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިއްބައި ދިނުމަށް.


އަނބިމީހާއާ ކައިވެނި ކުރާނީ ފިރިމީހާ. ރައްޓެހިމީހާ ހުންނާނީ ކައިވެނި ބަސްތައް އަޑުއިވޭ ހިސާބު އެ އުފަލުގައި ބައިވެރިވުން މަތީގައި. އެހެންކަމުން އަހަރެން މިހިރީ އެކަލޭގެފާނުގެ ކާމިޔާބީއާ މެދު އުފަލުން ފުރިފައި.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


ހަމަ އެހެންމެ އަހަންނަށްޓަކައި މެހުމާނުންގެ ކޮޓަރިއެއް ތައްޔާރުކޮށް ދިނުން އެދެމެވެ. އެއީ ތިޔަބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ޖަވާބު ދެއްވާ ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ފޮނުއްވައި ދެއްވާނެ ކަމަށް އަހަރެން އުންމީދު ކުރާތީއެވެ.


ވަކީން ޚާއްސަކޮށް އަހަރެންނަށް ވެސް ލަހެއް ނުވެ ކަލޭމެންގެ ގާތަށް އާދެވޭތޯ ކަލޭމެންވެސް ދުޢާކޮށްދިނުމަށް އަހަރެން ވަރަށް އެދެމެވެ.


އަހަރެމެންގެ ރަޙުމަތްތެރި ތިމޮތީ މިހާރު ޖަލުން މިނިވަންވެއްޖެ ޚަބަރު ކަލޭމެން ވާނީ އަހާފައެވެ. އޭނާ ލަސްނުވެ އަހަރެންގެ ގާތަށް އަތުވެއްޖެނަމަ އޭނާ ގޮވައިގެން ކަލޭމެންގެ ގާތަށް އަހަރެން ދާނަމެވެ.


ވީމާ، އަހަރެމެން މި ލިޔުންތައް ލިޔެ ތިޔަބައިމީހުންނަށް މިއަންގަނީ އަހަރެމެންނާއިއެކު ތިޔަ ބައިމީހުންގެ އުފާވެރިކަން ވެސް ފުރިހަމަ ވުމަށްޓަކައެވެ.


އެހެންކަމުން އަހަރެން ދާ ފަހަރަކުން ދިއޯތްރިފިސް ކުރިކަންތައް މަސީޙީ ޖަމާޢަތުގެ ސަމާލުކަމަށް ގެނުވާނަމެވެ. އޭނާ ވަނީ އަހަރެމެން ބަދުނާމުކޮށް އެތަކެއް ނޭދެވޭ ވާހަކަތަކެއް ދައްކާފައެވެ. އޭގެއިތުރުން ދަތުރުކުރަމުން އައި އެދުރުންތަކެއް ބަލައިނުގަނެ މަސީޙީ ޖަމާޢަތުން އެމީހުންނަށް އެހީއެއް ވެސް ވިޔަ ނުދީ ހުއްޓުވިއެވެ. އަދި އެމީހުންނަށް އެހީތެރިވާ ބަޔަކު ނަމަ އެޖަމާޢަތުން ބޭރު ވެސް ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ