ޔޫޙަންނާގެ ދެވަނަ ސިޓީ 1:1 - ކިތާބުލް މުޤައްދަސާ1 ޚާއްސަވެގެންވާ ކަމަނާއާއި އެކަމަނާގެ ދަރިންނަށް މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވަމެވެ. ތިޔަ ހުރިހާ އެންމެން ދެކެ ތެދުވެރިކަމާއެކުގައި އަހަރެން ލޯބިވަމެވެ. އަދި ތެދު ޙަގީގަތަކީ ކޮބައިކަން ދަންނަ ހުރިހާ އެންމެން ވެސް ތިޔަބައިމީހުން ދެކެ މިފަދައިން ލޯބިވެއެވެ. အခန်းကိုကြည့်ပါ။ |
ދެން އެބައިމީހުން އެހެން ކަންތައް ކުރަން ފެށުމުން އެންމެންގެ ކުރިމަތީގައި އަހަރެން ޕަތަރަސްއާއި ދިމާލަށް މިފަދައިން ބުނީމެވެ. ”ކަލޭ ތިއީ ބަނީއިސްރާއީލު މީހެއް ނަމަވެސް ބަނީއިސްރާއީލު ދީނުގެ ގަވާއިދުތަކަށް ކަންތައްކުރާކަށް ކަލެއަކަށް ނުޖެހޭ، ކަލޭ ތިޔަވަނީ އެޤަވާއިދުތަކުން މިންޖުވެފަ. ވީއިރު މިމީހުންނީ ބަނީއިސްރާއީލު ބަޔަކަށް ނުވާހިނދުމެ ކަލޭ ދޫކޮށްލާފައިވާ ގަވާއިދުތަކަށް އެމީހުންލައްވާ ކަންތައް ކުރުވަން ތިޔައުޅެނީ ކީއްވެ؟
އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!
އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.