Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 6:21 - ކިތާބުލް މުޤައްދަސާ

21 ބައެއް މީހުން ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ފަހަތުން ގޮސް އީމާންތެރިކަން ނަގާލާ މިސްރާބެއް ނެތި ދަތުރު ކުރެއެވެ. މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ލައްވާށިއެވެ! އާމީން.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 6:21
13 ပူးပေါင်းရင်းမြစ်များ  

އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


އަހަރެން، ޕައުލް، ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވުމަށް މިސިޓީގައި މިލިޔާ ބައި ލިޔަމުން މިގެންދަނީ އަހަރެންގެ އަތު ލިޔުމުންނެވެ. އަހަރެން ޖަލުގައި ހައްޔަރުވެ ހިލިހިލާ ޖެހިފައިވާކަން ތިޔަބައިމީހުންގެ ހަނދާނުގައި ބެހެއްޓުމަށް އެދެމެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާ އެކުގައި ވާށިއެވެ!


ނިމުމެއް ނުވާ ފަދައިން ތިބާގެ ހިތުގައިވާ އީމާންތެރިކަން ވަރުގަދައަށް ހިފަހައްޓާށެވެ. އަދި ތިބާގެ ޟަމީރު ސާފު ސީދާކޮށް ބަހައްޓާށެވެ. އެހެނަސް ބައެއްމީހުން އެމީހުންގެ އިޚުތިޔާރުގައި ޟަމީރާއި ދެކޮޅުވެއެވެ. އެފަދަ މީހުންގެ އީމާންތެރިކަމުގެ ނަތީޖާ ވަނީ ނަވެއް ފަރަކަށް އުރި ވީރާނާވާ ފަދައިންނެވެ.


އެކަމަކު ބައެއް އެދުރުން މި މުހިންމު ނުކުތާ އުނި ކުރެއެވެ. އެބައިމީހުން މިކަމުން އެއްކިބާވެތިބެ، އެބައިމީހުންގެ ވަގުތުތައް ދުއްވާލަނީ ތާކުންތާކު ނުޖެހޭ ވާހަކަތައް ދެއްކުމުގައެވެ.


ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.


އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ.


މާތްސާހިބާ ރޫޙީގޮތުން ތިބާއާއެކުގައި ވާށިއެވެ. އަދި ތިޔަ އެންމެންނަށް އެކަލޭގެފާނުގެ ނިޢުމަތް ލައްވާށިއެވެ. އާމީން!


މިތާނގައި ތިބި އެންމެންގެ ތަހުނިޔާ ތިޔަބައިމީހުންނަށް ފޮނުވަމެވެ. އަހަރެންގެ ތަހުނިޔާ އީމާންކަމުގެ ތެރޭގައި ތިބި އަހަރެމެންދެކެ ލޯބިވާ ފަރާތްތަކަށް ރައްދުކޮށް ދޭށެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަ އެންމެނާއެކުގައި ވާށިއެވެ. އާމީން!


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު ކަލޭމެން އެންމެނާއެކުގައި ވާށިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ