Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 6:16 - ކިތާބުލް މުޤައްދަސާ

16 އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 6:16
30 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ވޮޑިގެންވާ ކަލާނގެއަކީ މިއީ. އިސްރާއީލުގެ މީހުންގެ ގާތު މިހެން ބުނޭ. ’⁠ވޮޑިގެންވާ ކަލާނގެއޭ ކަލޭމެންގެ ގާތަށް ތިމަން ފޮނުވީ.⁠‘⁠“


އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.⁠“


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


މާތްރަސްކަލާނގެ ޙަޟްރަތުން އައި ޚާއްސަ މީހާއަށް ފިޔަވާ އެހެން އެއްވެސް މީހަކަށް ބައްޕާފުޅު ފެނިފައެއް ނުވޭ. ބައްޕާފުޅު ފެނިފައި ވަނީ ހަމައެކަނި އެމީހާއަށް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ ހަމަކަށަވަރުން، އިބްރާހީމްގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ މާކުރީން ވެސް އަހަރެން ހުރީމު.⁠“


މާތްރަސްކަލާނގެއީ އަބަދަށްމެ މަސީޙީ ޖަމާޢަތުގައްޔާއި އީސާ އަލްމަސީޙާއި މެދުގައި ވީ އުޖާލާކަމެއް ކަމުގައިވާށި އެވެ! އާމީން.


މާތްރަސްކަލާނގެ އަދި ބައްޕާފުޅުގެ މަތިވެރިކަން އަބަދަށް ވޮޑިގެންވާށިއެވެ! އާމީން.


އަލްމަސީޙަކީ އަހަރެމެންނަށް ފެންނަން ހުރި ޣައިބުގައި ވޮޑިގެންވާ މަތިވެރިކަލާނގެ ޒާތުފުޅެވެ. އަދި އެންމެހާ ތަކެތި ޚަލްޤުކުރެއްވުމުގެ ކުރީގައި އެދަރިކަލުން ވޮޑިގެންވެއެވެ. އެކަލޭގެފާނަކީ އެކަލާނގެ އުފެއްދެވި ހުރިހާ ތަކެއްޗެއްގެ މަތިން އަރާހުރި އަދި އެހުރިހާ ތަކެއްޗަކަށް ބާރުހިނގާ ފަރާތެކެވެ.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ތިޔަބައިމީހުންނަށް އިޢުލާނު ކުރުމަށްޓަކައި އީސާގެފާނު އަހަރެމެންނަށް އުނގަންނަވައި ދެއްވި ޚަބަރުފުޅަކީ މިއީއެވެ. އެއީ މާތްރަސްކަލާނގެއީ ފުރިހަމަ އަލިކަމެވެ. އެކަލާނގެ ކިބަފުޅަކަށް އެއްގޮތަކަށް ވެސް އަނދިރިކަމެއް ނުވޭމެއެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


އެއްވެސް އިންސާނަކަށް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. ނަމަވެސް އަހަރެމެން އެކަކު އަނެކަކަށް ލޯބިވާނަމަ، މާތްރަސްކަލާނގެ ވާނީ އަހަރެމެންނާ ގުޅިލާމެހިފައެވެ. އަދި އެކަލާނގެ ލޯބި އަހަރެމެންގެ ކިބައިގައި ފުރިހަމަވެފައި ވާނެއެވެ.


ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!


އަދި އެކަލޭގެފާނުގެ ރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ޚިދުމަތުގައިވާ އިމާމުންގެ ރަސްކަންފުޅެއް ކަމުގައި އެކަލޭގެފާނު އަހަރެމެން އައްޔަން ކުރެއްވިއެވެ. އީސާ އަލްމަސީޙަށް ޖަލާލަތާއި ބާރު އަބަދުގެ އަބަދަށް ދެއްވާށިއެވެ! އާމީން.


ސާހިބުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެންނަކީ އަލްފާ އަދި އޮމޭގާ. އަދި އަހަރެންނަކީ މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ ކުޅަދުންވަންތަ މާތްރަސްކަލާނގެ.⁠“


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


”⁠އަޅަމެންގެ ސާހިބުވަންތަ ރަސްކަލާކޮ! ޖަލާލަތާއި ގަދަރާއި ބާރު ލިބިގަތުމަށް އިނބަރަސްކަލާނގެ ކިބަފުޅަށް އެކަށީގެންވޭ. އެހެނީ ހުރިހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ އިނބަރަސްކަލާނގެމެ. އަދި އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ފަދައިން އެތަކެއްޗަށް ދިރިހުރުމާއި އަދި ޙަޔާތު ދެއްވިން.⁠“


އެ ހިނދު އެބޭކަލުން ވިދާޅުވިއެވެ. ”⁠އާމީން! ޙަމްދުކުރުމާއި، ޖަލާލަތުކަމާއި، ޙިކުމަތާއި، ޝުކުރުވެރިކަމާއި، ޤަދަރުވެރިކަމާއި، ބާރުވެރިކަމާއި އަދި ހަކަތަ މިލްކުވެ ވޮޑިގެންވަނީ އަބަދުގެ އަބަދަށް އަޅަމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ! އާމީން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ