ތިމޮތީއަށް ފުރަތަމަ ސިޓީ 6:11 - ކިތާބުލް މުޤައްދަސާ11 ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ. အခန်းကိုကြည့်ပါ။ |
ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.
ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަން ވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ.