Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 6:10 - ކިތާބުލް މުޤައްދަސާ

10 ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 6:10
49 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ލަބާން ބުންޏެވެ. ”⁠ތިބާ އަކީ އަހަރެންގެ އެއްލޭގެ ގުޅުމުގައިވާ އަންހެން ކޮއްކޮގެ ފިރިހެން ދަރިފުޅު. އަދި ތިބާއަކީ އަހަރެންގެ ޢާއިލީ މެމްބަރެއްމެ.⁠“ ޔަޢުޤޫބުގެފާނު ލަބާންގެ ކައިރީގައި ހުންނަވާތާ މަސްދުވަސް ފަހުން،


ލަބާން ރައްދުގައި ބުންޏެވެ. ”⁠އަހަރެމެންގެ އާދަކާދައިގެ މަތިން ދޮށީ ދަރިފުޅަށް ވުރެން ކުރިން ހަގު ދަރިފުޅު މީހަކާއި ކައިވެނި ކުރުމުގެ އުސޫލެއް ނޯވޭ.


މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނުގެ ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މި ގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ.


އެހެންވީމާ، ޔަހޫޛާ އެކަނބުލޭގެ ގާތަށް ދިޔައެވެ. އަދި މި ކަނބުލޭގެ އަކީ އޭނާގެ ޅީދަރިފުޅުކަން އެނގިގެންނުވާ ޙާލުގައި އެކަނބުލޭގެ އާއިއެކުގައި ޖިމާޢުވުމަށް އެދި މިފަދައިން ވާހަކަ ދެއްކިއެވެ. ”⁠އަހަރެން ކަނބުލޭގެއާ އެކުގައި ޖިންސީގުޅުން ހިންގުމަށް އެދިގެންވަމު.⁠“ އެކަނބުލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެން ތިބާއާއި އެކުގައި ޖިންސީގުޅުން ހިންގުމުން ތިބާ އަހަރެންނަށް ދޭނީ ކޮންއެއްޗެއް؟⁠“


ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތްދޮވެލާށެވެ.


އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެވެ.


ދަހިވެތިކަން އާއިލާއަށާއި ގެޔަށް ހިތާމަ ގެނުވައެވެ. ރިޝްވަތާ ދެކޮޅު މީހާ ދިރިހުރެއެވެ.


އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


”⁠ތިޔަބައިމީހުންގެ ޚަޒާނާތައް މި ދުނިޔޭގައި ރައްކާތެރި ނުކުރޭ. ބަޅިނދުތައް އެ ކައި، އަދި އެ ތަކެތީގައި ދަބަރު ޖަހައި އެ ޚަޒާނާތައް ނެތިވެދާނެ. އަދި ވަގުން އައިސް އެ ޚަޒާނާތައް ހުރި ގުދަން ހަލާކު ކޮށްލުމަށް ފަހު ވަގަށް ނަގައިފާނެ.


ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން.


އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.


އޭނާ އަކީ މަސްތުވުމާއި އަނިޔާވެރިކަމާއި މަޖުބޫރުން ކަންތައްތައް ކުރުވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އޭނާއަކީ ހިތްހެޔޮ އަރާރުމަށް ލޯބިނުކުރާ އަދި ފައިސާ އާއި މުދަލަށް ދަހިވެތި ވެގެންނުވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ.


ބައެއް މީހުން ތާކުންތާކު ނުޖެހޭ ކަންތައްތަކުގެ ފަހަތުން ގޮސް އީމާންތެރިކަން ނަގާލާ މިސްރާބެއް ނެތި ދަތުރު ކުރެއެވެ. މާތްރަސްކަލާނގެ ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތް ލައްވާށިއެވެ! އާމީން.


ނަމަވެސް ތަނަވަސް ކަމަށް އެދުންވެރިވާ ބަޔަކު ވަސްވާސްތަކުގެ ދަންތުރައިގައިޖެހި އަނިޔާވެރިކަމާ މޮޔަ އެދުންތަކަށް ގެނބިގެންގޮސް ހަލާކުވެ ބަރުބާދު ވެދެއެވެ.


އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


މިފަދަ މީހުން މާއްދީ ފައިދާއަށްޓަކައި ބުނެދޭ ނުބައި ބުނުންތަކުން މުޅި އާއިލާ ތެދުމަގުން އެއްކިބާ ކުރުވައެވެ. މިފަދަ މީހުން ހުއްޓުވަން ޖެހެއެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންގެ ތެރެއިން މީހަކު މަގުފުރެދިގެން ވާނަމަ އެފަދަ މީހަކު ޙައްޤުގެ މަގަށް އެނބުރި ގެނައުމުގައި ކޮންމެވެސް މީހަކު އެހީތެރިވެދޭށެވެ.


ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.


އަދި ފޮނިތޮއްޓާއި، ހަވާދާއި، ހުވަނދާއި، ދުންއަޅާނޭ ހުވަނދާއި، މީރުވަސްދުވާ ތަކެއްޗާއި، މޭބިސްކަދުރުގެ ރަލާއި، އަދި ތެލާއި، ފުށާއި، ގޮދަނާއި، ކަންބަޅިއާއި، ގެރިއާއި، އަހާއި، އަސްގާޑިޔަލާއި، އަޅުންގެ ގޮތުގައި ވިއްކާ އިންސާނުންނާއި މިއިން އެއްވެސް އެއްޗެއް މީހަކު ނުގަންނާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ