ތިމޮތީއަށް ފުރަތަމަ ސިޓީ 5:21 - ކިތާބުލް މުޤައްދަސާ21 މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޟްރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ. အခန်းကိုကြည့်ပါ။ |
އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.
ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.