Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:20 - ކިތާބުލް މުޤައްދަސާ

20 މިފަދަ ބޮޑުންގެ މީހަކު އޭނާގެ ފާފަވެރި ކަމަށް އެއްބަސްނުވެ ފާފަ ކުރުމުގައި ދެމިހުރެއްޖެނަމަ އީސާއީ ޖަމާޢަތުގެ ކުރިމަތީގައި އޭނާއަށް ނަސޭހަތްތެރިވާށެވެ. މިފަދައިން ކަންތައް ކުރުމުން އޭނާގެ އިތުރުން އެހެނިހެން މީސްތަކުން ވެސް މާތްރަސްކަލާނގެ އާއިމެދު ބިރުވެތިވެ އުރެދުންތަކުން ދުރުހެލިވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 5:20
15 ပူးပေါင်းရင်းမြစ်များ  

މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނާއި އަދި މި ވެދިޔަ ކަންތައްތަކުގެ އަޑު އެހި އެންމެން މި ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަތެވެ.


އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.


އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.


ހިމެނޭހު އާއި އިސްކަންދަރު މިކަމުގެ ދެ މިސާލަކަށް ފުދޭނެއެވެ. އެ ދެމީހުން ޝައިތާނާގެ މަގުން ދިއުމަށް އަހަރެން ދޫކޮށްލީ މާތްރަސްކަލާނގެއަށް ކުފުރު ވުމުން ރަނގަޅު ފިލާވަޅެއް ދޭހަކޮށް ދިނުމަށްޓަކައެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


މިއީ ތެދުބުނުމެކެވެ. މިފަދަ މީހުންނާއިމެދު ހަރުކަށިވާށެވެ. އީމާންތެރިކަމުގައި ސާބިތު ވުމަށް އެމީހުންނަށް އެހީވާށެވެ.


ތިބާގެ ފުރިހަމަ އިޚުތިޔާރާއި ބާރުގެ ބޭނުން ކޮށްގެން މިކަންތައް އުނގަންނައިދީ، މީހުން އިސްލާޙުކޮށް ހިތްވަރު ދޭށެވެ. ކޮންމެ މީހެއްގެ އިޙުތިރާމާއި ޤަދަރު ތިބާއަށް ލިބިދޭނެ ކަމުގައި ޔަޤީން ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ