ތިމޮތީއަށް ފުރަތަމަ ސިޓީ 5:18 - ކިތާބުލް މުޤައްދަސާ18 މިފަދައިން ބާވައިލެއްވިގެންވެއެވެ. ”އެއް ވެސް ޙާލަތެއްގައި ގެރިއެއްގެ މަސައްކަތުން ގޮވާންތަކުގައި ވީ ތޮށި ނޮޅަމުން އަދި ކައިހަދަމުން ދާ ހިނދެއްގައި އެ ގެރީގެ އަނގަ ބަންދު ނުކުރާށެވެ.“ އަދިވެސް ބަޔާންވެގެން ވެއެވެ. ”ހެޔޮ ގޮތުގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންގެ މަސައްކަތުގެ އުޖޫރަ ޙައްޤު ވެގެން ވެއެވެ.“ အခန်းကိုကြည့်ပါ။ |
އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“