ތިމޮތީއަށް ފުރަތަމަ ސިޓީ 5:17 - ކިތާބުލް މުޤައްދަސާ17 މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކު ފުރިހަމަ ގޮތުގައި އޭނާގެ މަސައްކަތް އަދާކުރާނަމަ އޭނާއަށް އެކަށީގެންވާ ހެޔޮ ބަދަލާއި ޝަރަފު ލިބިދޭން ވާނެއެވެ. ޚާއްސަ ގޮތެއްގައި ގަދައަޅާ މަސައްކަތްކުރާ މީހުންގެ ތެރެއިން ޚިތާބުކުރާ މީހުންނާއި އުނގަންނައިދޭ ފަރާތްތަކަށެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.‘“
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.
ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.
ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.