Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 5:10 - ކިތާބުލް މުޤައްދަސާ

10 ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 5:10
42 ပူးပေါင်းရင်းမြစ်များ  

މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.


ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އެހެންވެ އިބްރާހީމްގެފާނުގެ ޚާދިމު ލަބާން އާއިއެކުގައި އެ ގެއަށް ދިޔައެވެ. އަދި ޖަމަލުތަކުގެ މަތީގައިވާ އެންމެހާ މުދާތައް ލަބާން ބާލައިދީ ޖަމަލުތަކަށް ވިނަ ކާންދީހެދުމަށް ފަހު ޚާދިމުކަލޭގެއަށް ފެން ގެނެސް ދިނެވެ. އެއީ އެކަލޭގެ އާއި އަދި އެކަލޭގެއާއި އެކުގައި ވީ މީސްތަކުންގެ ފައި ދޮވުމަށެވެ.


ޚާދިމްކަލޭގެ އެބައިމީހުން ޔޫސުފުގެފާނުގެ ގަނޑުވަރަށް ގެންގޮސް އެބައިމީހުންގެ އަތްފައި ދޮވުމަށްޓަކައި ފެން ދިނެވެ. އަދި އެބައިމީހުންގެ ސަވާރީތައް ކަމުގައިވާ ހިމާރުތަކަށް ކާން ދިނެވެ.


ހަމަ މި ގޮތަށް ދެހާސް ރަން ފައިސާފޮތި ހަވާލުކުރެވުނު ޚާދިމު އެ ފައިސާއިން އިތުރަށް ދެހާސް ރަން ފައިސާފޮތީގެ ފައިދާ ހޯދި.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.


ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.


ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަގީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ.


ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަން ވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.


މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.


މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.


އަދި މަސީޙީންގެ އަންހެނަކަށް ގާތްތިމާގެ ކަމުގެ ގޮތުން ހުވަފަތް އަންހެނަކު ލިބިފައިވާނަމަ، މަސީޙީ ޖަމާޢަތުން ޒިންމާ އުފުލުމުގެ ބަދަލުގައި އެފަދަ މީހަކާއި މެދު ތިމާ ފުރިހަމައަށް ޒިންމާ ވާށެވެ. އޭރުން އަޅާލާނޭ އެއްވެސް ފަރާތެއް ނެތް މިފަދަ އެކަނިވެރި އަންހެނުންނަށް މަސީޙީ ޖަމާޢަތުން އެހީތެރި ވެވޭނެއެވެ.


މިގޮތުން ބަޔަކު ކުރާ ރަނގަޅު އަމަލުތައް އެންމެން ވެސް ދަނެއެވެ. އަދި އަމަލުތަކުގެ ރަނގަޅުކަން އެނގިގެންދަނީ އެންމެ ފަހުންނެވެ.


އެމީހުންނަށް ދެއްވި އެ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބުނެދޭށެވެ. ހެޔޮ އަމަލުތަކުގެ ސަބަބުން މުއްސަނދި ވެފައިވާނަމަ ދީލަތިކަމާއެކު ކަމަކަށް ބޭނުން ވެފައިވާ މީހާއަށް އެހީވާށެވެ. މާތްރަސްކަލާނގެ ދެއްވި ތަކެތިން އަބަދުވެސް އަނެކުންނާ ޙިއްސާ ކުރާށެވެ.


ތިބާގެ މާމަ ލޯވިސް އާއި މަންމަ އެއުނީޒް އެކޭ އެއްފަދައިން މާތްރަސްކަލާނގެ އާއިމެދު ތިބާގެ ހިތުގައިވާ ތެދުވެރި އީމާންތެރިކަން އަހަރެންނަށް އެނގެއެވެ.


ތިބާގެ އަމިއްލަ ނަފްސު ނުބައިވެގެންވީ އަމަލުތަކުން ދުރުކޮށް ސާފުތާހިރު ކޮށްގެންފިނަމަ ތިބާ ވާނީ މިފަދަ އަގުހުރި ކަންވާރަކަށެވެ. ތިބާގެ ޙަޔާތްވާނީ މުޤައްދަސް ވެގެންނެވެ. އަދި މާތްސާހިބާ މަގުސަދަށްޓަކައި ކުރެވޭ ހެޔޮއަމަލުތައް ކުރުމަށް އެނަފްސު ވާނީ ތައްޔާރުވެފައި ވެސް މެއެވެ.


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


ވެރިންނަށް ކިޔަމަންތެރިވެ ބޯލެނބުމަށް މީސްތަކުންނަށް ތިބާ ހަނދާން ކޮށްދޭށެވެ. އެބައިމީހުން ކިޔަމަންތެރިކަމާއެކު، އަބަދުވެސް ރަނގަޅު ކަންތައް ކުރުމަށް ތައްޔާރުގައި ތިބޭ ބަޔަކަށް ވެތިބުމަށް ބުނެދޭށެވެ.


އަހަރެމެންގެ މީހުން އަނެކާގެ އަވަސް މުހުތާދުތައް ފުއްދާދީ ރަނގަޅު ކަންތައް ކުރަން ދަސްކުރަން ވާނެއެވެ. އޭރަކުން ތިޔަބައިމީހުންނަކީ ބޭނުން ނުހިފޭ ބައެއްކަމުގައެއް ނުވާނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އަހަރެމެން އެކަކު އަނެކަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށާއި ލޯބިވުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ގޮތްތަކާމެދު ވިސްނަމާ ހިނގާށެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ