ތިމޮތީއަށް ފުރަތަމަ ސިޓީ 4:13 - ކިތާބުލް މުޤައްދަސާ13 ތިބާ ކައިރިއަށް އަހަރެންނަށް ދެވެންދެން، މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްކޮޅު އެންމެންގެ މެދުގައި ކިޔައި، އީމާންވި މީސްތަކުންނަށް ނަސޭހަތްދީ އުނގަންނައި ދިނުމުގައި ދެމިހުންނާށެވެ. အခန်းကိုကြည့်ပါ။ |
ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.
ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.