Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 4:1 - ކިތާބުލް މުޤައްދަސާ

1 މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން އެނގިގެންވާގޮތުގައި ފަހު ދުވަސްތަކުގައި އެކަލޭގެފާނު ވަރަށް ސާފުކޮށް އަންގައިދީފައިވާ ގޮތުން ބައެއް މީހުންގެ އީމާންތެރިކަން ގެއްލި އަދި ނުބައި ރޫޙުތަކުގެ ދަށުގައިވެ، ޝައިތާނީ ފަތުވާތަކުން އެމީހުން މޮޔަ ހައްދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 4:1
64 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އަންހެނާއަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ ކަމެއް؟⁠“ އަންހެނާ ބުންޏެވެ. ”⁠އެ ހަރުފަ މިއަޅާއަށް އޮޅުވާލީމާ މިއަޅާ އެމޭވާ ކެއީ.⁠“


ފާފައިގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ފާފައާ ދިމާއަށް މީހުން ދާނެކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. އެކަމަކު މީހަކު ލައްވާ ފާފަ ކުރުވާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނުންނަށް ފާފަ ކުރެވޭ ކަހަލަ ކަންތަކާއި ދިމާވާނެ. އެކަމަކު އެ ފާފަ ކުރެވޭ ކަހަލަ ކަންތައް ކުރުމަށް މެދުވެރިއަކަށް ވާ މީހަކަށް ހިތާމަ ހުރި.


ތެދު ކަމުގައިވާ މާތްރޫޙުފުޅު ކަލޭމެންގެ ކިބައިގައި ވާހިނދު ކަލޭމެންނަށް ފުރިހަމަ ތެދަކީ ކޮބައިކަން ހާމަކޮށްދެއްވާނެ. މާތްރޫޙުފުޅު އަންގަވާނީ އެ ރޫޙުފުޅުގެ އަމިއްލަ ބަސްފުޅުތަކެއް ނޫން. އެއީ އެރޫޙުފުޅަށް އެންގެވޭނެ ބަސްފުޅުތައް. އަދި ފަހުންވާނެ ކަންތައް ވެސް އެރޫޙުފުޅު އަންގަވައި ދެއްވާނެ.


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟⁠“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”⁠ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.⁠“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.


އަހަންނަށް އެނގޭހާ ވެސް ކަމަކީ އަހަރެން ދާކޮންމެ ރަށެއްގައި ވެސް އުނދަގޫތަކާއި ދިމާވެ އަދި ޖަލަށް ވެސް ލެވޭނެކަން މާތްރޫޙުފުޅު އަހަރެންނަށް އަބަދުވެސް އަންގަވާ.


މީނާ ޕައުލް އަޅައިގެން ހުރި ކަމަރު އަތުލާ އޭގެން އޭނާގެ އަމިއްލަ އަތާއި ފަޔާއި ބަނދެފައި އަހަރެމެންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު އަންގަވަނީ ޖެރޫސަލަމުގެ ބަނީއިސްރާއީލު މީހުންގެ ބައެއްވެރިން މި ކަމަރުގެ ވެރިމީހާ ބަނދެލާނެ ކަމުގައޭ. އަދި އެމީހުން އޭނާ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ބަޔަކާ ހަވާލު ކުރާނެ ކަމުގައޭ.⁠“


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


ތިމާ އަކީ މާ މާތް ތަޤުވާވެރި މީހެއްކަމަށް ބުނެ އަމިއްލަ ނަފްސު މާދަށްކޮށް، ބައެއްކަންތައް ކުރުމަށް އަމިއްލަ ނަފްސަށް މަނާކޮށް، ތިމަންމެންނަށް އިލާހީ ސޫރަވުންތައް ފެންނަ ކަމަށާއި އަދި އެސޫރަވުންތަކުގެ ތަފްސީލުތައް ލިބޭކަމަށް ބުނެ، މަލާއިކަތުންނަށް އަޅުކަން ކުރާ އެކަކަށް ވެސް ކަލޭމެން ކުށްވެރިވިޔަ ނުދޭށެވެ. އެފަދަ މީހުން ބޮޑާ ކުރުވާފައި އެވަނީ ހަމައެކަނި އެމީހުންގެ ސިކުނޑީގެ ފާފަވެރިވިސްނުމުންނެވެ.


އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.


އެމީހުން ޙަޤީޤީ ބަސްތައް އަޑުއެހުން ދޫކޮށްލައި އެމީހުން އެނބުރި ގަންނާނީ ފުލޯކުވާހަކަތަކުގެ ފަހުން ދިއުމަށެވެ.


ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަން ވެސްމެއެވެ.


ދުނިޔެ އުފެއްދުވުމުގެ އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރެއްވީ މި މަގުސަދަށްޓަކައެވެ. ނަމަވެސް މިފަހަކަށް އައިސް މީސްތަކުންނަށް ފެނިދެނިވި ގޮތެއްގައި އެކަލޭގެފާނު ވަނީ މި ދުނިޔެއަށް ވަޑައިގަންނަވާފައެވެ. އަދި އެކަލޭގެފާނު މިފަދައިން އަމަލު ކުރެއްވީ ތިޔަބައި މީހުންނަށްޓަކައެވެ.


ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.


ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”⁠އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.⁠“


އަހަރެންގެ ދަރިންނޭވެ! މި ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ! ދައްޖާލު ފައުޅު ވާނޭކަމުގެ ޚަބަރު ތިޔަބައިމީހުން ވާނީ އަޑުއަހާފައެވެ. އަދި އެތަކެއް ދައްޖާލުން މިހާރު ވެސް ވަނީ ފައުޅުވެފައެވެ. އެހެނީ ދުނިޔެ ނިމުމުގެ ވަގުތު ކައިރިވެފައި ވާކަން އަހަރެމެންނަށް އެނގެނީ މިގޮތުން ވެސްމެއެވެ.


އަހަރެމެންނީ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ބަޔަކީމުއެވެ. ވުމާއެކު، މާތްރަސްކަލާނގެ ދަންނަ ކޮންމެ މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑު އަހައެވެ. ނަމަވެސް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީސްތަކުންގެ ތެރެއިން ނުވާ އެއްވެސް މީހަކު އަހަރެމެންގެ އުނގަންނައިދިނުންތަކުގެ އަޑެއް ނާހައެވެ. އެހެންވީމާ، މާތްރަސްކަލާނގެ މާތްރޫޙުފުޅު ވޮޑިގެންވާ ކަމުގައި ބުނެ މީސްތަކުން ދައްކާ ވާހަކަތަކުގެ ދޮގުތެދު އަހަރެމެންނަށް އެނގެނީ މިގޮތުގެ މަތިންނެވެ.


އެބޭކަލުން ތިޔަބައިމީހުންނަށް މިފަދައިން ބުނިމެއެވެ. ”⁠ފަހުޒަމާނަށް އައިސް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތްކޮށް ހީނހަދާނޭ. އަދި އެބައިމީހުން ބަލަމުން ގެންދާނީ ޣައިރުދީނުގެ މީހުންގެ އަމިއްލަ އެދުންތަކުގައިވި ފާޙިޝް އަމަލުތަކަށޭ.⁠“


އަހަރެން މިފަދައިން ބުނަން ޖެހުނު ސަބަބަކީ ދީނެއް ނެތް ބަޔަކު ތިޔަބައިމީހުންގެ ތެރެއަށް ކަތުރުފަނިތަކެއް ހެން ވަދެގަނެ އެކަލޭގެފާނު އެންގެވި ހެޔޮޚަބަރުފުޅު އޮޅުވާލަމުން ގެންދާތީއެވެ. އެބައިމީހުން ބުނަމުން ދަނީ އަހަރެމެން ނުބައިނުލަފާ ގޮތްގޮތަށް އުޅުނަކަސް މާތްކަލާނގެ މަތިވެރި ނިޢުމަތްފުޅުން އަހަރެމެން ކުށްވެރި ނުކުރައްވާނެ ކަމަށެވެ. އެމީހުން ވަނީ އަހަރެމެންގެ ސާހިބާ އީސާ އަލްމަސީޙު ދޮގުކޮށްފައެވެ. މިފަދަ މީހުންނަށް ހުރި ޢުޤޫބާތުގެ ވާހަކަ މީގެ އެތައް ޒަމާނެއްގެ ކުރީގައި ވެސް ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


މި ނުބައި ތިން ރޫޙަށް ޝައިތާނީ ޖާދޫތައް ދެއްކުމުގެ ބާރު ލިބިގެން ވިއެވެ. މި ނުބައި ތިން ރޫޙު ދުނިޔޭގައި ތިބި އެންމެހާ ރަސްރަސްކަލުންގެ ކައިރިއަށް ގޮސް ކުޅަދުންވަންތަ މާތްރަސްކަލާނގެ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމަށް އެބައިމީހުން ގެނެއެވެ. ނަމަވެސް އެދުވަހަކީ މާތްރަސްކަލާނގެ ކިބަފުޅަށް މަތިވެރި ކާމިޔާބީ ލިބޭނޭ ދުވަހެވެ.


އެކަލޭގެފާނު ހަރު އަޑުން ގޮވާލެއްވިއެވެ. ”⁠އެ ސަހަރު ނެތި ހިނގައްޖެ! މަތިވެރި ބާބިލް ނެތި ފަނާވެއްޖެ! އެ ސަހަރު ވަނީ ޝައިތާނުންނާއި ނުތާހިރު ރޫޙުތައް އަވަލާފައި. ހުރިހާ ބާވަތެއްގެ ނަޖިސް އަދި ފަކުރުގަންނަފަދަ ދޫނިތަކާއި ޖަނަވާރުތަކުން އެރަށް ވަނީ ފުރިފައި.


އިތުރަށް ބައްތީގެ އަލިކަމެއް އެތަނުން ލިބިގެން ނުވާނެ. އިތުރަށް އަލަތު ކައިވެނީގެ އަނބިންނާއި އަދި ފިރިންގެ އަޑު އެތަނަކުން ނީވޭނެ. އެއީ މި ސަހަރުގެ ސައުދާގަރުންނީ މުޅި ދުނިޔޭގެ އެންމެ ބާރުވެރި ފަރާތްތައް ވެސްމެ. އަދި މިސަހަރު އޭގެ ދޮގު ސިހުރުތަކުގެ މަޅީގައި ދުނިޔޭގެ މީސްތަކުން ޖެއްސި ވެސްމެ!


އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ފޮރުވިގެންވީ މަންނާއިން ބައެއް އަހަރެން ނަސްރު ހޯދާ ފަރާތްތަކަށް ދޭނަން. އަދި ހުދު ހިލައިގައި އާ ނަމެއް ލިޔެ އެއިން ކޮންމެ ފަރާތަކަށް އަހަރެން ދޭނަން. ނަމަވެސް އެ ހިލަ ލިބިދޭ ފަރާތަށް މެނުވީ އެ ހިލައިގައިވާ ލިޔުމެއް އެނގިގެންނުވާނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


އެއަށް ފަހު، އެބައިމީހުން މޮޔަހެއްދުވި ޝައިތާނާ އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވޭނެއެވެ. އަދި ކައްސަނދުވާނިން އަނދައި ދެއެވެ. އެއީ ކަނޑު ދާއްބަ އާއި ދޮގުވެރި ނަބީކަލޭގެ ވެސް ހުށަހެޅުނު ތަނެވެ. އަދި އެތަނުގައި އެބައިމީހުންނަށް ދުވާލާއި ރޭގަނޑު އަބަދާއި އަބަދު ޢުޤޫބާތް ލިބިލިބި ހުންނާނެ އެވެ.


އަދި މުޅި ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިފައިވާ ޤައުމުތައް އޭނާގެ ކެހިވެރި ކަމުގައި ޖައްސުވަމުން އޭނާ ގެންދާނެއެވެ. އެއީ ޔައުޖޫޖު މައުޖޫޖު ބާގައިގެ އަހުލުވެރިން ވެސް މެއެވެ. ޝައިތާނާ އެ ހުރިހާ އެންމެން ހަނގުރާމައަށް ގެންނާނެއެވެ. އެބައިމީހުންގެ އަދަދު ގޮނޑުދޮށުގައި ހުރި ވެލިފަދައިން ގިނަވެގެންވާނެއެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


މި މުސީބާތްތަކުން މަރުނުވެ ތިބި މީސްތަކުން އެބައިމީހުންގެ އަތުން ހަދާފައިވާ އެއްޗިއްސަށް އަޅުކަން ކުރުން ހުއްޓައި އެމީހުންގެ ފާފަތަކަށް ތައުބާ ނުމެވިއެވެ. އެމީހުން ޖިންނިތަކަށާއި ނުވަތަ ރަނާއި ރިހިންނާއި، ކަފުލޮއިންނާއި ހިލައިގެ އިތުރުން އަދި ލަކުޑިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރުން ނުމެ ހުއްޓިމެއެވެ. އެތަކެއްޗަކީ ފެނުމެއް ލިބިގެންނުވާ އަދި އިވުމެއްނުވާ އަދި ނުހިނގޭ ތަކެއްޗެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ