Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:7 - ކިތާބުލް މުޤައްދަސާ

7 މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 3:7
21 ပူးပေါင်းရင်းမြစ်များ  

”⁠ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އެ ރަށުގައި އަނާނިޔާހު އޭ ކިޔުނު މީހަކު ވި. މީނާ އަކީ މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ ގަވާއިދުތަކަކަށް ފުރިހަމައަށް ކަންކޮށް އުޅުނު ބަނީއިސްރާއީލު މީހެއް. އަދި އެ ރަށުގެ އެންމެން ވެސް މީނާއަށް ވަރަށް އިޙުތިރާމު ކުރޭ.


އެހެން ކަމުން އެންމެ ހާ އަޚުންނާއި އުޚުތުންނޭ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން ރަނގަޅު ވިސްނުންތެރި، ތެދުވެރި އަދި މާތްރޫޙުފުޅުން ފުރިގެންވާ ހަތް ފިރިހެނުން ހޮވާ. އޭރުން އަހަރެމެން އެމީހުންނާއި ކާތަކެއްޗާއި ބޭހޭ ހުރިހާ ކަމެއް ހަވާލު ކުރާނަން.


އީސާގެފާނަށް ތަބާނުވާ މީހުންގެ ތެރޭގައި އުޅެމުން ދާން ވާނީ ޙިކުމަތްތެރިކަމާ އެކުގައެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ފުރިހަމަޔަށް ހިފާށެވެ.


މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


އަދި މިފަދައިން ހަމަޖެއްސޭ ބޮޑުންގެ މީހަކީ އަލަށް އީމާންވީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އެއީ އެފަދަ މަޤާމެއް ލިބުމުގެ އަވަސްކަން ހިތަށްވަދެ ފަޚުރުވެރިވެވި ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދި ދާނެތީއެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


ނަމަވެސް ތަނަވަސް ކަމަށް އެދުންވެރިވާ ބަޔަކު ވަސްވާސްތަކުގެ ދަންތުރައިގައިޖެހި އަނިޔާވެރިކަމާ މޮޔަ އެދުންތަކަށް ގެނބިގެންގޮސް ހަލާކުވެ ބަރުބާދު ވެދެއެވެ.


އެއީ އެފަދަ މީހުން ޝައިތާނާގެ އަޅުވެތިކަމުގައި ގައިދުވެފައި ތިއްބާ ހަމަވިސްނުންލިބި އެ ދަންތުރައިން މިންޖުވެވޭނެ ފަދައިން ވުމަށްޓަކައި ވެސް މެއެވެ.


ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.


ފާޑު ނުކިޔޭނޭ ގޮތަށް ހަރުދަނާ ބަސްތަކުން އުނގަންނައިދޭށެވެ. އެހެން ވެއްޖެނަމަ ތިބާ އާއި ދެބަސްވާނެ ފަރާތްތައް ލަދުވެތިވާނެއެވެ. ސަބަބަކީ އަހަރެމެންނާއި މެދު ކުޑައިމީސް ބަހެއް ބުނުމުގެ ޖާގަ އެމީހުންނަށް ލިބިގެން ނުވާނެތީއެވެ.


ދީމީތްރިޔޫސް އާއި ބެހޭގޮތުން އެންމެން ވެސް ބުނަނީ އޭނާގެ ރަނގަޅު ވާހަކައެވެ. އަދި އޭނާގެ އަމަލުތަކުން އެމީހުން އެބުނި ބަހަކީ ހަގީގަތެއްކަން ދައްކައިދެއެވެ. އަހަރެމެން ވެސް އޭނާ ރަނގަޅޭ ބުނަމެވެ. އަދި އަހަރެމެން ބުނާ މި ބަހުގެ ތެދުކަން ތިބާ ވެސް ރަނގަޅަށް ދަންނާނެއެވެ.


ދަރިފުޅުމެންނޭ! މާތްރަސްކަލާނގެއަށް އީމާންވެ ތިބި އަޅުވެރިންގެ ފަރާތުން ލިބެނީ ކަލޭމެންގެ ގޯސްކަމުގެ ރިޕޯޓުތައް. މިކަހަލަ ވިޔާނުދާ ކަންތައް ނުކުރޭ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ