Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:6 - ކިތާބުލް މުޤައްދަސާ

6 އަދި މިފަދައިން ހަމަޖެއްސޭ ބޮޑުންގެ މީހަކީ އަލަށް އީމާންވީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އެއީ އެފަދަ މަޤާމެއް ލިބުމުގެ އަވަސްކަން ހިތަށްވަދެ ފަޚުރުވެރިވެވި ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދި ދާނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 3:6
24 ပူးပေါင်းရင်းမြစ်များ  

ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ވިދުވަރަކުން އެޅި ހޮނެއް ފަދައިން އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން.


މިގޮތުން މިފަދަ ބޮޑުން ވާންޖެހޭނީ، އީމާންވީ މީހުން ފަދައިން އީމާން ނުވާ މީހުންގެ ވެސް އިޙްތިރާމް ލިބިގެންވާ އަދި އެފަދަ މީހަކާއިމެދު އަނެކުންނަށް ފާޑު ކިޔެންނެތް މީހަކަށެވެ. އޭރުން މިފަދަ ބޮޑުން ޝައިތާނާގެ ދަންތުރައިންނާއި މީސްތަކުންގެ ބަދުނާމުތަކުން ދުރުވެގެންވާނެއެވެ.


މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.


ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.


އަލަށް އުފަންވި ތުއްތު ކުއްޖަކު މައިމީހާގެ ކިރަށް އެދިގެންވާފަދައިން ތިޔަބައިމީހުން މާތްރަސްކަލާނގެ ރޫޙާނީ ޚާލިސް ކިރަށް އެދިގެންވާށެވެ. އެއީ ތިޔަބައިމީހުންނަށް ލިބިގެންވާ ދިންނެވުމުގައި ފުރިހަމައަށް ހެދިބޮޑެތި ވުމަށެވެ.


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ