Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:4 - ކިތާބުލް މުޤައްދަސާ

4 އޭނާގެ އާއިލާ ފުރިހަމަ ގޮތުގައި ކިޔަމަނުގައި ބެލެހެއްޓުމާއި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭފަދަ މީހެއް ކަމުގައި ވާންޖެހޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 3:4
10 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އޭނާ މިއައްޔަންކުރީ އޭނާގެ ދަރިންނަށާ މުޅި ދަރިކޮޅަށް ތިމަންކަލާނގެ އެންގެވި މަގުން ސާލިޙު، އިންސާފުވެރިގޮތުގައި ކަންތައްކުރުމަށް ދަސްކޮށްދީ ތިމަންކަލާނގެއަށް ކިޔަމަންތެރި ވުމަށް ދަސްކޮށް ދިނުމަށް. އޭރުން ތިމަންކަލާނގެ އޭނާއަށް ވަޢުދުވީ ފަދައިން ހުރިހާ ކަމެއް ކުރައްވާ ހުށީން.⁠“


މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެން ވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއް ވެސް އޭނާ ފަގީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ.


އެހެންވީމާ، ކޮންމެ އަނތްބަކުމެ އެކަނބަލުންގެ ފިރިންނަށް އެންމެހާ ޙާލަތުތަކުގައި ކިޔަމަންތެރިކަން އަދާ ކުރާށެވެ. މަސީޙީ ޖަމާޢަތް އަލްމަސީޙަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިންނެވެ.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


ހަމައެހެންމެ، އީސާގެފާނަށް އީމާންވީ ޖަމާޢަތުގެ އެހީތެރިންގެ ގޮތުގައިވާނަމަ އެބައިމީހުންގެ އަނބިންނަށް ތެދުވެރިވެހުރެ، ދަރިންނާއި އެކުގައި ދިރިއުޅެމުންގެންދާ މީހުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވެންވާނެއެވެ.


އެމީހުންނީ ޤަދަރު ލިބިގެންވާ، ކައިވެނީގައި ތެދުވެރި ބައެއް ކަމުގައި ވާންވާނެއެވެ. އަދި އެފަދަ މީހުންގެ ދަރިންނަކީ މާތްސާހިބާ އަށް އީމާން ވުމުގެ އިތުރުން އަބުރު ގެއްލޭފަދަ ވާހަކަތަކުން އެއްކިބާވެގެންވާ ކިޔަމަންތެރި ކުދިން ކަމުގައި ވާންޖެހޭނެއެވެ.


އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހެޔޮވިސްނައި، އިއްޒަތާއި ޤަދަރު ލިބިތިބެ، އުމުރުން ދުވަސްވީ މީހުންނަށް އެކަންތައް ދަސްކޮށްދީ ބުނެދޭށެވެ. އެއީ އެމީހުންނަށް އީމާންތެރިކަމާއި ލޯތްބާއި ކެތްތެރިކަމާއެކު އުޅެމުން ދެވޭނެ ގޮތްވުމަށެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ