ތިމޮތީއަށް ފުރަތަމަ ސިޓީ 3:14 - ކިތާބުލް މުޤައްދަސާ14 މިވަގުތު އަހަރެން މި ފަތްފުށްތައް ތިބާއަށް މިލިޔަނީ ވަރަށް އަވަސް މުއްދަތެއްގައި ތިބާ އާއި އެކުގައި ހޭދަ ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.
ތިޔަބައިމީހުންނަށް ގިނަ ކަންތައްތަކެއް ބުނެދޭންވެފައި އެބަހުރިމެއެވެ. ނަމަވެސް އެ ވާހަކަތައް ގަލަމާއި ދެލިން ލިޔުމަކަށް އަހަރެން ނޭދެމެވެ. ނުހަނު އަވަހަށް ތިޔަބައިމީހުންގެ ގާތަށް އައުމަށް އަހަރެން އުންމީދު ކުރަމެވެ. އެއީ ތިޔަބައިމީހުންނާ ބައްދަލުކޮށް އެވާހަކަތައް ދެއްކުމަށެވެ. އެގޮތުން އަހަރެމެންގެ އުފާވެރިކަން ފުރިހަމަވެގެން ދާނެއެވެ.