Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:13 - ކިތާބުލް މުޤައްދަސާ

13 މިފަދަ ރަނގަޅުގޮތުގައި މަސައްކަތްކުރާ އެހީތެރިންނަށް އެހެންމީހުންގެ އިޙްތިރާމް ލިބޭނެއެވެ. އަދި އަލްމަސީޙު އީސާގެފާނުގެ މައްޗަށް އޮންނަ އީމާންތެރިކަމުގެ ވާހަކަ ކެރިގެން މީސްތަކުންގެ ގާތުގައި ބުނެދެވޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 3:13
17 ပူးပေါင်းရင်းမြစ်များ  

އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


ސާހިބުމީހާ ބުނި. ’⁠ވަރަށް ރަނގަޅު. ކަލެއަކީ ރަނގަޅު ވަފާތެރި ޚާދިމެއް. ކަލޭ ކުޑަ ފައިސާގެ މިންވަރަށް ވަފާތެރިވި. އެހެންވެ އަހަރެން ކަލެއާ ގިނަ މުދާތައް ހަވާލު ކުރާނަން. އަހަރެންގެ ކައިރިއަށް އައިސް އަހަރެންގެ މި އުފަލުގައި ބައިވެރިވޭ.⁠‘


އެރަސްގެފާނު ވިދާޅުވި. ’⁠މަގޭ ރަނގަޅު ނޯކަރާއޭ. ކަލެއަށް އަހަރެން ސާބަސްދެމޭ. ކަލޭ އާއި ހަވާލުކުރެވުނު ކުޑައެއްޗަކަށް ކަލޭ ތިޔަފަދައިން ތެދުވެރި ވެއްޖައީމުއޭ. ވީމާ ކަލޭ އަހަރެންގެ ރަށްތަކުގެ ތެރެއިން ދިހަ ރަށުގެ ވެރިކަން ހިންގުމާއި ހަވާލުވެދޭށޭ.⁠‘


ޕައުލްއަށް އެތަނުގެ ސިޑިތަކާއި ހަމައަށް ދެވުމާއި އެކު ސިފައިންނަށް ޖެހުނީ ޕައުލް އުފުލާލައިގެން ގެންދާށެވެ. އެއީ އެއްވެފައިވާ މީސްތަކުންގެ ރުޅިގަދަވެ އަނިޔާވެރިކަން ބޮޑުވުމުންނެވެ.


އެ ކޯޓުގައި ވީ އެންމެން ވަރަށް ފަރުވާތެރިވެ އިސްތިފާނު އާއި ދިމާލަށް ބަލަން ތިއްބެވެ. އެވަގުތު އެމީހުންނަށް އިސްތިފާނުގެ މޫނު މަލާއިކަތެއްގެ މޫނު ފަދައިން ވިދާ ބަބުޅާ ތަން ފެނުނެވެ.


އެންމެން ވެސް މި ޙިޔަލާއި އެއްބަސްވެ އެމީހުންގެ ތެރެއިން މި ހަތްމީހުން ހޮވިއެވެ. އެއީ އީމާންކަން ވަރުގަދަ މާތްރޫޙުފުޅުން ފުރިގެންވީ މީހަކު ކަމުގައިވާ އިސްތިފާނު އާއި އަދި އޭގެ އިތުރުން ފިލިޕު އާއި، ޕުރަކޯރުސް އާއި، ނިކަނޫރު އާއި، ތިމޮން އާއި ޕަރުމެނާހު އާއި އަދި ނިކޮލާހު އެވެ. މި ނިކޮލާހު އަކީ އަންތީޔޮކުގެ އާ ބަނީއިސްރާއީލު މީހެކެވެ. މީނާއަކީ ވެސް އީސާގެފާނު އެންގެވި މަގުން އުޅޭ މީހެކެވެ.


މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅު އިސްތިފާނުއަށް ދެއްވައި ބަނީއިސްރާއީލު މީސްތަކުންގެ މެދުގައި އެތައް ހައިރާން ކުރުވަނިވި ކަންތަކަކާއި މުޢުޖިޒާތްތައް ވެސް ދެއްކުމުގެ ބާރު އޭނާއަށް ދެއްވިއެވެ.


އަދި މިސަބަބަށްޓަކައި އަހަރެން ހައްޔަރު ކުރުމުން މިތަނުގައި ތިބި ގިނަ މަސީޙީންނަށް އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް ބިރެއްނެތި އަންގައި ދިނުމުގެ ހިތްވަރު އިތުރުވެއްޖެއެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


މިވަގުތު އަހަރެން މި ފަތްފުށްތައް ތިބާއަށް މިލިޔަނީ ވަރަށް އަވަސް މުއްދަތެއްގައި ތިބާ އާއި އެކުގައި ހޭދަ ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.


އެހެންވީމާ މަގޭ ދަރިފުޅާއެވެ. އީސާ އަލްމަސީޙުގެ ނިޢުމަތްފުޅުން ބާރު ލިބިގަންނާށެވެ.


މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ