Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 3:11 - ކިތާބުލް މުޤައްދަސާ

11 މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 3:11
23 ပူးပေါင်းရင်းမြစ်များ  

ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.


އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ.


އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނާއިމެދު ބައްލަވާ ވޮޑިގަންނަވާ އިތުބާރު ކުރައްވާ މާތް ސާހިބާއަށް ޚިދުމަތް ކުރެއްވުމުގެ ބާރު ދެއްވައި އަހަރެން ހޮއްވެވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.


މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.


މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.


އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.


އެކަމަކު ކޮންމެ ޙާލަތެއްގައި ވެސް ތިބާގެ ވިސްނުން ސާފުކަމާއެކު ބަހައްޓާށެވެ. މާތް ސާހިބާއަށްޓަކައި އުފުލަންޖެހޭ ވޭން ބަރުދާސްތު ކުރާށެވެ. އަލްމަސީޙުގެ ކިބަޔަށް މީސްތަކުން ގެނައުމަށް މަސައްކަތް ކުރާށެވެ. ތިބާއަށް މާތްރަސްކަލާނގެ ދެއްވި އުނގަންނައި ދިނުމާއެކު މަސައްކަތް ފުރިހަމަ ކުރާށެވެ.


ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.


އެމީހުން ނެތިމޮށުމުންނާއި ދެބަސްވުންތަކުން ދުރުވެގެން ވާންޖެހޭނެއެވެ. އިޚުލާސްތެރި ހިތްތިރިކަމަކާއެކު އެންމެންނާއި މެދުގައި ވާންޖެހޭނެއެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ