Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 2:13 - ކިތާބުލް މުޤައްދަސާ

13-14 ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 2:13
7 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.


މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފިރިހެނާ އެކަނިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ އާއި އެކަށޭނަ ބައިވެރިއަކު ތިމަންކަލާނގެ އުފައްދަވާނަން.⁠“


ދެން އެކަށިގަނޑުން މަތިވެރިރަސްކަލާނގެ އަންހެނަކު އުފެއްދެވުމަށް ފަހު އޭނާ ފިރިހެނާގެ ކައިރިއަށް ގެންދެވިއެވެ.


މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.


އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.⁠“


އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙައްވާއޭ ކިޔާ ނަންދެއްވިއެވެ. އެއީ ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މައިކަނބަލުން ކަމަށް ވާނެތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ