Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 2:11 - ކިތާބުލް މުޤައްދަސާ

11 އެކަނބަލުން އަޑުއަހައި ދަސްކުރަންވީ މަޑުމައިތިރި ވުމަށާއި އަމިއްލަ އެދުންތަކުން އެއްކިބާވެ ތިބުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 2:11
10 ပူးပေါင်းရင်းမြစ်များ  

އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު. ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.⁠“


އަނބިންނޭވެ! ތިޔަބައިމީހުންގެ ފިރިންނަށް ތަބާވެ ތިބޭށެވެ. އެހެނީ އެއީ މާތް ސާހިބާ ރުހިވަޑައިގަންނަވާ ގޮތެވެ.


މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަން ވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.


ޒުވާން ކޮންމެ އަންހެން ކުއްޖަކީ ހެޔޮ ވިސްނޭ ހިތުގެ ޚާލިސް ކަމުގެ އިތުރުން ގެވެހި އަދި ފިރިމީހާއަށް އިސްކަންދޭ އޯގާތެރި އަނތްބަކު ކަމުގައި ވުމަށް ބުނެދޭން ވާނެއެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ ބަސްފުޅާއިމެދު އެއްވެސް މީހަކަށް މަލާމާތް ރައްދު ކުރެވޭކަށް ނޯންނާނެއެވެ.


ހަމަ މިގޮތުގެ މަތިން ފިރިންނަށް އަނބިން ވެސް ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ. ފިރިން ހެޔޮޚަބަރުފުޅު އަޑުއަހަން ދެކޮޅުވެރިވިޔަސް ތިޔަބައިމީހުން ކުރާ ތަޤުވާވެރި ހެޔޮ އަމަލުތައް ފެނި އެމީހުންނަށް އެބަސްފުޅުތައް ގަބޫލުކުރެވޭނެއެވެ. އެއީ އެވާހަކަ ދުލުން ނުބުނި ކަމުގައި ވިޔަސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ