Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 2:10 - ކިތާބުލް މުޤައްދަސާ

10 މާތްރަސްކަލާނގެ އަށް އެދި ދުޢާ ދަންނަވާ ކަމުގައި ބުނާ އަންހެނުންގެ ރީތިކަން ވަނީ އެކަނބަލުންގެ ހެޔޮ އަމަލުތަކުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 2:10
15 ပူးပေါင်းရင်းမြစ်များ  

އޭނާގެ ކިބައިގައި ހުންނާނީ އަބުރާއި އިއްޒަތުގެ ސިފަތަކެވެ. މުސްތަގުބަލާމެދު ބިރެއްނެތި އޭނާ ހޭނެއެވެ.


އޭނާ ކުރި ބުރަ މަސައްކަތަށް އިނާމު ދޭށެވެ. އެންމެންގެ ކުރިމައްޗަށް ގެންގޮސް ބަހައްޓައި އޭނާއަށް ތާރީފު ކުރާށެވެ.


ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަގީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ.


ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


އެކަނބަލުން އަޑުއަހައި ދަސްކުރަންވީ މަޑުމައިތިރި ވުމަށާއި އަމިއްލަ އެދުންތަކުން އެއްކިބާވެ ތިބުމަށެވެ.


އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


އެގޮތުން އަހަރެމެންގެ ވަށައިގެންވާ އެންމެހާ ތަކެތީގެ ނިމުން ހުރީ މިފަދައިންނެވެ. ވީއިރު، ތިޔަބައިމީހުން ޙަޔާތް ވޭތުކުރަންވީ ކޮންފަދަ މުޤައްދަސް ޞާލިޙު ގޮތެއްގައި ހެއްޔެވެ؟ ތިޔަބައިމީހުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތާއިގެން ކުރިއަށް ދާށެވެ.


ތިޔަބައިމީހުންގެ އެންމެހާ އަމަލުތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި އީމާންތެރިކަމާއި ޚިދުމަތާއި އަދި ކެތްތެރިކަން އަހަރެންނަށް އެނގޭ. އަދި ތިޔަބައިމީހުން މީގެ ކުރިން އަމަލު ކުރި ކުރުމަށް ވުރެން މިހާރު އިތުރަށް މިކަންތައް ކުރުމުގައި ވާކަން އަހަރެން ދަންނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ