Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:9 - ކިތާބުލް މުޤައްދަސާ

9 އެކަމަކު މި ޤާނޫނުތަކަކީ ހެޔޮލަފާ މީހުންނަށްޓަކައި ބިނާކުރެވިފައިވާ އެއްޗެއް ނޫނެވެ. މިއީ ނުކިޔަމަންތެރިކަމާއި އަމުރާ ޚިލާފުވާ މީހުންނަށާއި ކަލާނގެވަންތަކަން ގަބޫލު ނުކުރާ ނުބައި ފާފަވެރިންނަށް އޮތް އެއްޗެކެވެ. މާތްރަސްކަލާނގެއާއިމެދު ބިރުވެތިނުވާ ފަރާތްތަކަށާއި މައިންބަފައިންގެ އިތުރުން އެހެނިހެން މީހުން މަރަމުން ދާ ފަރާތްތަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 1:9
45 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އަބީޝާއި އާއި އެކަލޭގެފާނުގެ އަރިހުބޭފުޅުންނަށް އެންގެވިއެވެ. ”⁠ނިކަން ބަލާބަލަ، އަހަރެން މަރަން ނުކުމެ އެހެރީ އަހަރެންގެ އުފަން ދަރި. މިމީހާއަކީ ބަންޔާމީންގެ އާއިލާގެ މީހެއް. އެހެންވީއިރު އަހަރެން މަރާލަން އުޅެން އެންމެ ލާއިގު މީހަކީ މީނާއެއް ނޫންތަ؟ އޭނާޔާ އަޅާ ނުލާ. އަހަންނާ ދިމާލަށް އޭނާ ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލާ. އަހަންނަށް އެއްޗެހި ގޮވަން އޭނާއަށް އެންގެވީ މާތްރަސްކަލާނގެ.


ކަލޭމެން ޙައްޤަކާނުލައި މީހުން ނުމަރާތި.


އެކަމަކު ގަސްތުގައި މީހަކު މަރައިފިނަމަ އެމީހާ ހިމާޔަތް އެދި އަހަރެންގެ އަޅުކަމުގެ މަޤާމަކަށް ގޮސް ވަނަސް، އެތަނަކުން ނެރެގެން ގޮސް އޭނާ މަރާލަން ވާނެ.


ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.


މީހަކު މަރާލިމީހާ އެކޮންނަނީ އޭނާގެ އަމިއްލަ ކަށްވަޅެވެ. އޭނާއަށް ރައްކާތެރިކަން ދޭން ނޫޅޭށެވެ.


މައިންބަފައިންގެ ތަކެތިން ވައްކަން ކުރާ މީހާ ބުނެފާނެއެވެ. ”⁠އެއީ ދެން އެހާވަރުގެ ކަމެއްހެއްޔެވެ؟⁠“ މިފަދަ މީހުންނަކީ ގާތިލަކަށް ވުރެން ވަކި ރަނގަޅު ބައެއް ނޫނެވެ.


ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ.


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.


ދެން އެހެންވީއިރު އަމުރުފުޅުތަކާއި ގަވާއިދުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދު ދެއްވީ މީސްތަކުން ކުރާ ނުބައިކަންތައްތަކަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ގޮތަށް ކުރެވޭ ކަންތަކެއްކަން ދައްކަވައި ދެއްވުމަށެވެ. އަދި އަމުރުފުޅުތަކާއި ގަވާއިދު އޮތީ އެކަލާނގެ ވަޢުދުފުޅު ކުރެއްވި ފަދައިން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހާ ފޮނުއްވަން ދެނެވެ. މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތުން ލައްވައި އަމުރުފުޅުތަކާއި ގަވާއިދުތައް މޫސާގެފާނަށް އެންގެވިއެވެ. އެ އެއެންގެވުންތައް މީސްތަކުންނަށް ފޯރުކޮށް ދެއްވީ މޫސާގެފާނު މެދުވެރިކުރައްވައެވެ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންނަށް މަގުދައްކަވަމުން ދަނީ ނަމަ އަމުރުފުޅުތަކާއި ގަވާއިދުތައް ކަލޭމެންގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ.


އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.


ކެތްތެރިކަމާއި އަމިއްލަ ނަފްސުގެ ހިފެހެއްޓުންތެރިކަން، މިކަންތައްތަކާ ދެކޮޅަށް އޮތް އެއްވެސް ގަވާއިދެއް އަމުރުފުޅެއް ނެތެވެ.


އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


ދެބަސްވުމާއި އަދި ތާކުންތާކު ނުޖެހޭ ފުލޯކު ވާހަކަތަކުން ދުރުހެލި ވާށެވެ. ތިބާގެ ނަފްސުގެ ހަކަތަ އާއި ވަގުތު ރޫޙާނީ ތަމްރީނުތަކުން ފުރިހަމަ ކުރާށެވެ.


ތިމޮތީއެވެ. މާތްރަސްކަލާނގެ ހަވާލު ކުރެއްވި ކަންތައް ބެލެހެއްޓުމަށް ތިބާއާއި ހަވާލު ކުރަމެވެ. ކަލާނގެވަންތަކަމާއި ދެކޮޅު، ތާކުންތާކު ނުޖެހޭ މަޝްވަރާތަކާއި އެމީހުންގެ އިލްމޭ އެ ކިޔާ އެއްޗަކާ ތިބާއާ ދެކޮޅު ހުރިހާ ބަޔަކާ އެކަހެރިވާށެވެ.


ތާކުންތާކުނުޖެހޭ ވާހަކަތަކުން ދުރުހެލިވާށެވެ. އެފަދަ ވާހަކަތައް މީސްތަކުން މާތްކަލާނގެއާ ދުރުހެލި އިތުރު ކުރުވައެވެ.


އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަން މަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ.


ރަނގަޅު އުގަންނައި ދިނުންތަކާއިމެދު ދެކޮޅުވެރިވާ ވަރަށް ގިނަ ފަރާތްތައް ވެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުގަ އާއި މީސްތަކުންނަށް މަކަރު ހެދުމުގައިވާ މީހުން ވެސް ވެއެވެ. ޚާއްސަކޮށް މިފަދަ މީހުންގެ ދައުވާއަކީ ދިންނެވުން ލިބިދެނީ ޚިތާނު ކުރެވިފައިވާ ފަރާތްތަކަށެވެ.


މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.


އެމީހުންނީ ޤަދަރު ލިބިގެންވާ، ކައިވެނީގައި ތެދުވެރި ބައެއް ކަމުގައި ވާންވާނެއެވެ. އަދި އެފަދަ މީހުންގެ ދަރިންނަކީ މާތްސާހިބާ އަށް އީމާން ވުމުގެ އިތުރުން އަބުރު ގެއްލޭފަދަ ވާހަކަތަކުން އެއްކިބާވެގެންވާ ކިޔަމަންތެރި ކުދިން ކަމުގައި ވާންޖެހޭނެއެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


އާއެކެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް އަގުމަތިވެރި ބޭކަލެކެވެ. އެއީ އެކަލޭގެފާނަށް ތިޔަބައިމީހުން އީމާންވާތީއެވެ. ނަމަވެސް ބަޔަކު އެކަލޭގެފާނު ގަބޫލު ނުކުރިއެވެ. އަދި މުޤައްދަސް ފަތްފުށްތައް މިފަދައިން ވެސް އަންގައިދެއެވެ. ”⁠ރާނާމީހުން އެއްފަރާތްކުރި ހިލައެއް، މިއަދު ބިންގަލުގެ އެންމެ މުހިންމު ހިލަ ކަމުގައި ވެއްޖެއެވެ.⁠“


މީގެ ޒަމާންތަކެއް ކުރިން މާތްރަސްކަލާނގެއަށް އެ އުރެދުނު މީހުންނާމެދު ނޫޙުގެފާނުގެ ނައުކޮޅު ބެންނެވުމާއި ހަމައަށް އެކަލާނގެ ވަނީ ކެތްތެރިވެވޮޑިގެންފައެވެ. އެ ބިރުވެރި ފެނުގެ ތޫފާނުގައި ހަމައެކަނި ސަލާމަތްވީ އެ ނައުކޮޅުގައި ވީ އަށް މީހުން އެކަންޏެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠ޞާލިޙު އިންސާނާ އަށް ސަލާމަތްވެ ހުރުމަކީ އުނދަގޫ ކަމަކަށް ވާނަމަ. ނުބައި ނުލަފާ އަދި ފާފަވެރިން ހަމަ ޔަޤީނުން ވެސް ވާނީ ގެއްލެނި ކުރެވިގެންނެވެ.⁠“


އެކަލޭގެފާނު ވަޑައިގަންނަވާނީ ހުރިހާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކުރެއްވުމަށެވެ. އަދި ކަލެއް ނެތް ކަމަށް ދެކެގެން ނުބައިކަންތައް ކުރި މީހުންނާއި ކަލެއް ނެތް ކަމަށް ދެކެ ފާފަކޮށް އެކަލާނގެއާ ދެކޮޅުވެރި ބަސްތައް ބުނި ހުރިހާ އެންމެން ކުށްވެރި ކުރެއްވުމަށެވެ.⁠“


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ