6 އެކަމަކު ބައެއް އެދުރުން މި މުހިންމު ނުކުތާ އުނި ކުރެއެވެ. އެބައިމީހުން މިކަމުން އެއްކިބާވެތިބެ، އެބައިމީހުންގެ ވަގުތުތައް ދުއްވާލަނީ ތާކުންތާކު ނުޖެހޭ ވާހަކަތައް ދެއްކުމުގައެވެ.
މީހެއްގެ އަތުގައި ސަތޭކަ ކަންބަޅި ވި. އަދި އޭގެ ތެރެއިން އެއް ކަންބަޅި ގެއްލުނު. އޭނާގެ އަނެއް ނުވަދިހަ ނުވަ ކަންބަޅި ފަރުބަދައިގެ ކައިރީގައި ބައިތިއްބުމަށް ފަހު އޭނާ ގެއްލުނު ކަންބަޅި ހޯދަން ދާނެ.
އަދި އަހަރެން ބިރުވެތިވާ ކަމަކަށްވަނީ މިފަދަ އަންހެން ކުދިންގެ ތެރެއިން ބައެއް ކުދިން ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދިގެން ގޮސްފައިވާތީއެވެ.
އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ.
ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.
ރަނގަޅު އުގަންނައި ދިނުންތަކާއިމެދު ދެކޮޅުވެރިވާ ވަރަށް ގިނަ ފަރާތްތައް ވެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުގަ އާއި މީސްތަކުންނަށް މަކަރު ހެދުމުގައިވާ މީހުން ވެސް ވެއެވެ. ޚާއްސަކޮށް މިފަދަ މީހުންގެ ދައުވާއަކީ ދިންނެވުން ލިބިދެނީ ޚިތާނު ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި ކާބަފައިންނާއި ނަސަބުތަކުގެ ތެރޭން އައިސްފައި ހުންނަ ބޭކާރު މޮޔަ އަރައިރުންވުންތަކުގައި ބައިވެރި ނުވާށެވެ. އަދި ތައުރާތާއިމެދު މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުން އެއްކިބާވެ ހުންނާށެވެ. މިފަދަ ދެބަސްވުންތަކަކީ ބޭނުމެއްނެތް ބޭކާރު ކަންކަމެވެ.