Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:15 - ކިތާބުލް މުޤައްދަސާ

15 މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 1:15
41 ပူးပေါင်းရင်းမြစ်များ  

އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


ތިޔަބައިމީހުން ގޮސް މި އާޔަތުގެ މާނަ އޮޅުންފިލުވަބަލަ. ’⁠ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން އޯގާތެރިވުމަށޭ.⁠‘ އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އަހަރެން މި އައީ ފާފަވެރިންނަށް ގޮވާލުމަށް.⁠“


އީސާގެފާނަށް މިއަޑު އިވި ވަޑައިގެން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނަކަށް ޙަކީމަކު ބޭނުމެއްނުވޭ. ނަމަވެސް ޙަކީމަކު ބޭނުން ވާނީ ބަލިމީހުންނަށް. އަހަރެން މި އައީ ޞާލިޙުންނަށް ގޮވާލުމަކަށް ނޫން. އެހެނަސް ފާފަވެރިންނަށް ގޮވާލުމަށް.⁠“


އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


ހަމަ އެފަދައިން އަހަރެން ވެސް މިއައީ ފާފަވެރިންނަށް ތައުބާވުމަށް ގޮވާލުމަށް. ތިމާމެންނަކީ ޞާލިޙު މީހުން ކަމުގައި ހީކުރާ މީހުން ދިންނެވުމަކަށް ނޫން.⁠“


ނަމަވެސް އެކަލޭގެފާނު ގަބޫލުކޮށް އީމާންވި މީހުންނަށް މާތްރަސްކަލާނގެ ދަރިން ކަމުގައި ވުމުގެ ޙައްޤު އެކަލޭގެފާނު ދެއްވިއެވެ.


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އަހަރެންގެ ބަސްތައް އަޑުއަހާ އެބަސްތައް ގަބޫލު ކުރުމަށް އިންކާރުކުރާ މީހުންގެ މައްޗަށް ހިސާބުބަލާނީ އަހަރެންނެއް ނޫން. އެއީ އަހަރެން ދުނިޔެއަށް މިއައީ ދުނިޔޭގެ މީސްތަކުން ސަލާމަތް ކުރުމަށް. އެމީހުން ކުށްވެރި ކުރުމަކަށެއް ނޫން.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


އީސާގެފާނުގެ މަންދޫބުންނަށާ އަދި ޖުދެއާކަރައިގެ އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންނަށް ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ ބަޔަކު ވެސް އީސާގެފާނަށް އީމާންވެއްޖެ ކަމުގެ ޚަބަރު ލިބުނެވެ.


ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ޕަތަރަސްގެ މި ވާހަކަތަކުގެ އަޑު އިވުމުން އޭނާއާއި ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް މިފަދައިން ހަމްދާއި ޝުކުރު ކޮށް ސަނާކިޔެވެ. ”⁠ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އެކަލާނގެ ކިބަފުޅަށް އެނބުރުމުގެ ފުރުސަތު މާތްރަސްކަލާނގެ ދެއްވައިފި. އަދި އެމީހުންނަށް ނިމުންނުވާ ދިރިހުރުން އެކަލާނގެ ދެއްވައިފި.⁠“


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ނިމުމެއް ނުވާ ފަދައިން ތިބާގެ ހިތުގައިވާ އީމާންތެރިކަން ވަރުގަދައަށް ހިފަހައްޓާށެވެ. އަދި ތިބާގެ ޟަމީރު ސާފު ސީދާކޮށް ބަހައްޓާށެވެ. އެހެނަސް ބައެއްމީހުން އެމީހުންގެ އިޚުތިޔާރުގައި ޟަމީރާއި ދެކޮޅުވެއެވެ. އެފަދަ މީހުންގެ އީމާންތެރިކަމުގެ ނަތީޖާ ވަނީ ނަވެއް ފަރަކަށް އުރި ވީރާނާވާ ފަދައިންނެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. މީހަކު އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑު މީހެއްގެ ގޮތުގައި ވުމަށް ބޭނުންވާނަމަ އެ އެދުމަކީ ވަރަށް އިޚުލާސްތެރި އެދުމެކެވެ.


މިއީތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލު ކުރެވޭނެ ފަދަ ތެދު ޙަޤީޤަތެކެވެ.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. އަހަރެމެން އީސާ އަލްމަސީޙާއިއެކު ނިޔާވިނަމަ، އެކަލޭގެފާނާއިއެކުގައި އަހަރެމެން ދިރި އުޅޭނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އަދި އީސާގެފާނު ވަޑައިގެންނެވީ އަހަރެމެން ހުރިހާ އެންމެންގެ ފާފަ ޢަފޫކޮށްދެއްވުމަށް ކަން ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަދި އެކަލޭގެފާނީ ފާފައިން ހުސްދުރުވެގެންވާ ބޭކަލެއްކަން ވެސް ތިޔަބައިމީހުން ދަންނާނެއެވެ.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


މި ބުނެވުނު ހެކީގެ ބަޔާނަކީ މިއީއެވެ: މާތްކަލާނގެ ވަނީ އަހަރެމެންނަށް ނިމުމެއްނުވާ ދިރިހުރުން ދެއްވާފައެވެ. މި ދިރިހުރުން އަހަރެމެންނަށް ލިބިފައި ވަނީ އެ ދަރިކަލުން މެދުވެރި ވެގެންނެވެ.


އެއަށް ފަހު، ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުން ވަޙީ ކުރެއްވިއެވެ. ”⁠އަދި ހުރިހާ ތަކެއްޗެއް އާ ތަކެތި ކަމުގައި އަހަރެން މިހާރު ހަދާނަން!⁠“ މީގެ އިތުރުން އެފަރާތުން އަހަރެންނަށް ވަޙީކުރެއްވިއެވެ. ”⁠މި ބަސްފުޅު ލިޔޭ، ސަބަބަކީ މި ބަސްފުޅަކީ ތެދު ބަސްފުޅު. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ.⁠“


އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.⁠“


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ