ތިމޮތީއަށް ފުރަތަމަ ސިޓީ 1:13 - ކިތާބުލް މުޤައްދަސާ13 އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
އަހަރެންނާއިމެދު މާތްރަސްކަލާނގެ ކޮޅެއްނެތްހާ ކެތްތެރިކަމާއެކު ބައްލަވާ ވޮޑިގެން އަހަރެންފަދަ އެންމެ ނުބައި ފާފަވެރިއަކަށް އެކަލާނގެ ރަޙުމަތްވަންތަކަން ދެއްވުމުގެ ބޭނުންފުޅަކީ އީސާ އަލްމަސީޙާއި މެދު ޢާންމު ނަމޫނާއެއްކަމުގައި އަހަރެން ލެއްވުމެވެ. ހަމައެހެންމެ، އެހެންމީހުން މިކަން ބަލައި އެނގި އެކަލޭގެފާނު ގަބޫލުކޮށް އީމާން ވުމުން ނިމުންނުވާ ޙަޔާތް ލިބުމެވެ.
”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“