ތިމޮތީއަށް ފުރަތަމަ ސިޓީ 1:10 - ކިތާބުލް މުޤައްދަސާ10 މި ޤާނޫނުތައް ހިފެހެއްޓިފައި ވަނީ އިންސާނުންގެ ތެރެއިން ފާޙިޝް އަމަލުތައްކުރާ މީހުންނާއި އެއްޖިންސުން ގުޅުންހިންގާ މީހުންނާއި އަޅުން ގަނެވިއްކާ ފަރާތްތަކާއި ދޮގުވެރިންނާއި ހުވަޔާ ޚިލާފުވާ ފަރާތްތަކަށެވެ. އަދި ތެދު އުނގަންނައިދިނުންތަކާއި ދެކޮޅުވެރިވާ މިނޫން ވެސް ހުރިހާ ފަރާތްތަކަށެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
ތިބާގެ އަޚުންނާއި އުޚުތުންނަށް މި ކަންތައްތައް އަންގައިދީ އޮޅުން ފިލުވައި ދީފިނަމަ އީސާ އަލްމަސީޙުގެ އެދޭވޭ ޚާދިމެއްގެ ގޮތުގައި ތިބާ ހިމެނޭނެއެވެ. އަދި ތިބާ އީމާންކަމުގެ ބަސްފުޅުތަކުންނާއި ތިބާ ތަބާވަމުން އައި ހެޔޮ އިރުޝާދުތަކުގެ ސަބަބުން ރޫޙާނީގޮތުން ތިބާ ކުރިއަރައި މުއްސަނދިވެގެން ވާކަން ފެނިގެން ދާނެއެވެ.
ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.
ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.“