Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިމޮތީއަށް ފުރަތަމަ ސިޓީ 1:1 - ކިތާބުލް މުޤައްދަސާ

1 މި ސިޓީ އަކީ އީސާގެފާނުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ އަދި އަހަރެމެން ހަމައެކަނި ދިންނަވާ ފަރާތުގެ އަމުރުފުޅަށް ހަމަޖެއްސެވި، އެކަލާނގެ މަންދޫބެއް ކަމުގައިވާ ޕައުލް ލިޔާ ސިޓީއެކެވެ. މި ހަމަޖެއްސެވުމަކީ އަހަރެމެންގެ އުންމީދު ކަމުގައިވާ އީސާ އަލްމަސީޙުގެ ހަމަޖެއްސެވުމެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިމޮތީއަށް ފުރަތަމަ ސިޓީ 1:1
38 ပူးပေါင်းရင်းမြစ်များ  

އެކަލާނގެއީ މިއަޅާ ދިންނައްވާ މިއަޅާއަށް އެހީތެރިވެ ވޮޑިގެންވާ ކަލާނގެ. މިއަޅާގެ ފުރާނައާއި ރޫޙުން އެކަލާނގެ ކިބަފުޅަށް އުފާކޮށް ޙަމްދުކުރަން.


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


މިއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕައުލްގެ ފަރާތުން ފޮނުވޭ ސިޓީއެކެވެ. އަހަރެން މި ކަމަށް ހޮވާފައި ވަނީ އިންސާނަކު ނޫނެވެ. އަހަރެން ހޮއްވަވާ ކަނޑައެޅުއްވީ ޚުދު އީސާ އަލްމަސީޙު އާއި އެކަލޭގެފާނު އަވަހާރަވުމަށް ފަހު، އަލުން ދިރުއްވި ބައްޕާފުޅު، މަތިވެރި މާތްރަސްކަލާނގެއެވެ.


އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން ކަލޭމެންނަށް އަންގައިދިން ހެޔޮޚަބަރުފުޅަކީ އިންސާނަކު އަމިއްލައަށް ހަދައިގެން ދިން ޚަބަރެއް ނޫނެވެ. ފުރިހަމަ ޔަޤީން ކަމާއި އެކު އަހަރެން މިބުނަނީ ދެތުކަން ކަލޭމެންނަށް ކަށަވަރު ކޮށްދެމެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނާއިމެދު ބައްލަވާ ވޮޑިގަންނަވާ އިތުބާރު ކުރައްވާ މާތް ސާހިބާއަށް ޚިދުމަތް ކުރެއްވުމުގެ ބާރު ދެއްވައި އަހަރެން ހޮއްވެވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.


މިގޮތުގެ މަތިން ދެންނެވުމުން އަހަރެމެން ދިންނަވާ ފަރާތްކަމުގައިވާ މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިދޭނެއެވެ.


އެކަލޭގެފާނުގެ މަންދޫބެއްގެ އިތުރުން ދަރުސް ދޭމީހުންގެ ގޮތުގައި އަހަރެން ހޮއްވެވީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނޫން އެހެން މީހުންނަށް އެކަލޭގެފާނާއި ބެހޭ ގޮތުން ވީ މި އުފާވެރި ޚަބަރު ތެދުވެރިކަމާއި އީމާންތެރިކަމާއެކު އަންގައިދީ ހެދުމަށެވެ. މިއީ ތިބާ ކައިރީގައި އަހަރެން ބުނާ ތެދު ބުނުމެކެވެ. ދޮގު ވާހަކަތަކެއް ނޫނެވެ.


އަހަރެމެން ވޭނާއެކު ގަދައަޅައި މަސައްކަތް ކުރަމުން ދަނީ މިކަމަށްޓަކައެވެ. އަހަރެމެންގެ އުންމީދުތައް ވަނީ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށެވެ. އެއީ އެންމެހައި އިންސާނުން ދިންނަވާ ފަރާތެވެ. ވަކީން ޚާއްސަކޮށް އެފަރާތާ މެދު އީމާންވާ ބަޔަކަށެވެ.


އެގޮތުން، އެކަމަށް އެކަށީގެންވީ ވަގުތު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތުން މި އުފާވެރި ޚަބަރު ދެއްވައި އެންމެހައި މީސްތަކުންނަށް އަންގައި ދިނުމަށް އެކަލާނގެ އެދިވޮޑިގެން އަހަރެންނާއި ޙަވާލު ކުރެއްވިއެވެ.


އަދި ސާހިބުންނަށް މަކަރު ނުހަދާށެވެ. އެމީހުން ވާންޖެހޭނީ ތެދުވެރިކަމާ އިތުބާރާއިއެކު ފުރިހަމައަށް މަސައްކަތްކުރާ ބަޔަކަށެވެ. މިހެން ވެއްޖެނަމަ މާތްރަސްކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތުގެ އުނގަންނައި ދިނުންތަކަށް އެންމެންގެ ފަރާތުން މަތިވެރި ގަދަރެއް ލިބޭނެއެވެ.


އަހަރެމެން މިވަނީ އުންމީދުން ފުރިފައެވެ. އަހަރެމެން މިތިބީ މަތިވެރިކަލާނގެ އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު އެކަލާނގެ މަތިވެރި ނޫރުފުޅާއެކު ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.


އެކަމަކު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތް، އަހަރެމެންނަށް ދައްކައިދެއްވީ ލޯތްބާއި އޯގާތެރި ކަމެވެ.


އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ މައްޗަށް ތަނަވަސްކޮށް ފުރިހަމަ ކޮށްދެއްވީ އީސާ އަލްމަސީޙު، އަހަރެމެން ދިންނަވާ ފަރާތް މެދުވެރި ކުރައްވައެވެ.


އީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުންނަށް އީމާންތެރި ވެވެނީ އެކަލޭގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރުއްވައި މަތިވެރި ޖަލާލަތުކަން ދެއްވި ކަމުންނެވެ. އެއީ ތިޔަބައިމީހުން އެކަލާނގެއަށް އުންމީދުކޮށް އިތުބާރުކުރާނެ ގޮތް މެދުވެރި ވުމަށްޓަކައެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


ހުރިހާ ޖަލާލަތަކާއި، ޢިއްޒަތަކާއި، ބާރަކާއި، އަމުރުވެރިކަމެއް ފެށުނީއްސުރެން ދާއިމަށް މިލްކުވެގެން ވަނީ އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެންނަށް ދިންނެވުން ދެއްވާ ފަރާތް، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އާމީން!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ