Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:6 - ކިތާބުލް މުޤައްދަސާ

6 އެހެންވީމާ، އަހަރެމެންނަކީ، އަނެކުން ފަދައިން ނިދީގައި ތިބި ބައެއްކަމުގައި ވެގެން ނުވާނެއެވެ! އެކަމަކު އަހަރެމެން ވާން ޖެހޭނީ ހޭލައި ތިބި އަމިއްލަ ނަފްސުގެ ހިފެހެއްޓުން ތެރި ބަޔަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:6
40 ပူးပေါင်းရင်းမြစ်များ  

ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.


އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“


ނަމަވެސް އެއްރެއަކު އެންމެން ނިދާފައި ތިއްބާ އޭނާގެ ޢަދާވާތްތެރިއަކު އެ ދަނޑަށް އައިސް ގޮދަން އޮށްތަކުގެ ތެރޭގައި ވިނަ އޮށްތަކެއް އިންދި.


ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.


އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”⁠އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.⁠“


އަލަތު ކައިވެނިވާ ފިރިހެނާ އައުން ލަސްވުމާއެކު އެ ކުދިން ނިދިއައުމުން އެ ކުދިން ނިދި.


ދެން އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި އަހަންނާއެކު ހޭލާ ތިބޭ.⁠“


އަހަރެން ތިޔަބައިމީހުންނަށް މިބުނެދޭ ތަކެއްޗަކީ އެންމެންނަށް ބުނެދޭ ތަކެތި ކަމުގައި ބަލާ: އޭނާގެ އެނބުރި އައުމާމެދު ސަމާލުވޭތިބޭ!⁠“


އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.


ގޭގެ ވެރިމީހާއަށް ވަގަކު ގެއަށް އަންނާނެ ވަގުތު އެނގޭ ނަމަ، ހަމަ ޔަޤީނުން ވެސް ގެ ތަޅުނުލާ ވަގަށް ވަދެވޭ ގޮތަކަށް ނުބަހައްޓާނެ.


އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


އަހަރެމެން އެންމެން ވެސް މާޒީގައި ޙަޔާތު ވޭތުކުރީ އެފަދައިންނެވެ. އަހަރެމެންގެ ޖިސްމާއި ބުއްދީގެ މައްޗަށް ބާރު ހިންގީ އަމިއްލަ އެދުންތަކެވެ. އަހަރެމެންގެ އަމަލުތަކުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާގެ ވޭން އަހަރެމެން އުފުލަން ޖެހޭނެވެ. އޭރު އަހަރެމެން ހުރިހާ އެންމެންނަކީ އެފަދަ މީހުންނާއި ތަފާތެއްނެތް ބައެކެވެ.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


އަބަދުވެސް އެހެން މީހުންނާއިމެދު ކަމޭހިތައި އޯގާތެރިވާށެވެ. މާތްސާހިބާ ވަޑައިގަތުން ވަނީ ކައިރީގައެވެ.


ޝުކުރުވެރި ހިތަކުން ސަމާލުވެތިބެ ދުޢާކުރުންމަތީގައި ދެމިތިބޭށެވެ.


އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.


އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ.


ނަމަވެސް އަހަރެމެން މިލްކުވެގެންވަނީ ދުވާލަށެވެ. އެހެންވީމާ، އަހަރެމެންގެ އަމިއްލަ ނަފްސު ހިފެހެއްޓެން އަހަރެމެންނަށް ޖެހޭނެއެވެ. އަހަރެމެން އަޅަންޖެހޭނީ އީމާންތެރިކަމާއި ލޯބިން މޭމަތި ހިމާޔަތްކޮށްދޭ ފަދަ އެއްޗެކެވެ. އަދި އަހަރެމެންގެ ބޮލުގައިވާ ހެލްމެޓް ވާންޖެހޭނީ ދިންނެވުމުގެ އުންމީދު ކަމުގައެވެ.


އެކަމަކު އެކަނބަލުން ދަރިމައިވުމުން ފާފައިން ސަލާމަތް ކޮށްދެއްވައެވެ. އެހެނަސް އެއީ އީމާންތެރިކަމާއި ލޯތްބާއި ސާލިޙުކަމާއެކު ބޮޑާކަމެއް ނެތި ދުނިޔެ ވޭތުކުރާނަމައެވެ.


އަދި އަންހެންތަކުން ބޮޑާކަމެއް ނެތި އެކަށީގެންވާ ރަނގަޅު ހެދުމެއްގައި ތިބޭށެވެ. އެބައިމީހުންގެ މައްޗަށް ކަޅިއަޅާފަދަ އަގުބޮޑެތި ހެދުންތަކާއި ރަނާއި މުތުގެ ހާރުތައް އެޅުމުގެ އިތުރުން އިސްތަށިގަނޑަށް ބަދަލުތައް ގެނައުމުން އެކަހެރިވެ ތިބޭށެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.


އެކަމަކު ކޮންމެ ޙާލަތެއްގައި ވެސް ތިބާގެ ވިސްނުން ސާފުކަމާއެކު ބަހައްޓާށެވެ. މާތް ސާހިބާއަށްޓަކައި އުފުލަންޖެހޭ ވޭން ބަރުދާސްތު ކުރާށެވެ. އަލްމަސީޙުގެ ކިބަޔަށް މީސްތަކުން ގެނައުމަށް މަސައްކަތް ކުރާށެވެ. ތިބާއަށް މާތްރަސްކަލާނގެ ދެއްވި އުނގަންނައި ދިނުމާއެކު މަސައްކަތް ފުރިހަމަ ކުރާށެވެ.


އެކަލާނގެ އަހަރެމެންނަށް އިރުޝާދު ދެއްވީ ނުބައިނުލަފާ ގޮތްތަކާއި މާއްދީ އެދުންތަކުން ދުރުވެގެން ވުމަށެވެ. އަދި ތެދުވެރިވެ މާތްރަސްކަލާނގެއަށް ބިރުވެތިވެތިބެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު މިދުނިޔޭގައި ޙަޔާތު ވޭތުކުރުމަށެވެ.


މިގޮތުން އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމަށް ފިރިހެން ޒުވާނުނަށް ހިތްވަރު ދޭށެވެ.


އެހެންވީމާ، ސާފުސީދާ ގޮތުގައި ވިސްނާ، އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުމަށް އާދަ ކުރާށެވެ. އީސާ އަލްމަސީޙުގެ އެނބުރިވަޑައިގަތުމުން ލިބިދޭނެ މަތިވެރި ނިޢުމަތްފުޅަށް އުންމީދު ކުރާށެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


މިހާރު ހޭލާ! ތިޔަބައިމީހުންގެ ކިބައިގައި ތިވާ ކުޑަ އީމާންތެރިކަން ވެސް މަރުވުމުގެ ކުރިން އޭގައި ބާރުޖައްސާ! ތިޔަބައިމީހުން ފުރިހަމައަށް އަހަރެންގެ ކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ނުވާކަން އަހަރެންނަށް ވަނީ ފެނިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ