Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:4 - ކިތާބުލް މުޤައްދަސާ

4 ނަމަވެސް އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުން ތިބީ އަނދިރީގައިމެ ނޫނެވެ. އެހެންވީމާ، ވަގަކު ވަންނަ ފަދައިން މާތްސާހިބާ އެނބުރިވަޑައިގެންނެވިޔަސް އެދުވަހަކުން ތިޔަބައިމީހުން ޙައިރާނެއް ނުވާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:4
17 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ.


އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ.


ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް މި ލިޔާ އަމުރުފުޅަކީ އާ އަމުރުފުޅެކެވެ. އެހެނީ މިއަމުރުފުޅުގެ ތެދުކަން އަލްމަސީޙުގެ ޙަޔާތްޕުޅުން އަހަރެމެންނަށް ވަނީ ފެނިފައެވެ. އަދި ތިޔަބައިމީހުންގެ ދިރިއުޅުމުން ވެސް މެއެވެ. އެހެންކަމުން އަނދިރިކަން މިދަނީ ނެތެމުންނެވެ. ޙަޤީޤީ އަލިކަން މިދަނީ ބަބުޅަމުންނެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


ތިޔަބައިމީހުންނަށް އުނގެނި ދަސްވި ތަކެއްޗާއި އަޑު އިވުނު ތަކެއްޗާއި މެދު ހަނދާން ކުރޭ. އަދި އެއަށް ކިޔަމަންތެރިވޭ. ތިޔަބައިމީހުންގެ ފާފަވެރިކަމުން އެއްކިބާވެ ތައުބާވޭ. މި ގޮތަށް ތިޔަބައިމީހުން އަމަލު ނުކުރާނަމަ ވަގެއް ފަދައިން އެނގުމަކާއިނުލައި އަހަރެން ތިޔަބައިމީހުންގެ ކައިރިއަށް ދާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ