Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:3 - ކިތާބުލް މުޤައްދަސާ

3 އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:3
48 ပူးပေါင်းရင်းမြစ်များ  

ވިސްނައިދިނުމުން އެކަން އިސްލާހު ނުކުރާ މީހާ އަލުން އަނބުރާ ނާދެވޭވަރަށް ކުއްލިއަކަށް ހަލާކުވެ ހިނގައިދާނެއެވެ.


ކަލޭމެންނަކީ ހަރުފަތަކެއް! ވިހަގަދަ ހަރުފަތަކުގެ ދަރިން ވެސްމެ! ކަލޭމެން ނަރަކައަށް ނުގޮސް ސަލާމަތް ވާނީ ކިހިނެއް؟


ވިހަން ބަނޑުގައި ރިއްސާ އަންހެނަކު ވެސް ވާނީ ވަރަށް ބޮޑު ތަދަކާއި ކެކުޅުމެއްގައި. ނަމަވެސް ވިހެއުމުން އެހުރިހާ ކަމެއް ހަނދާންނެތި އުފާވެ ހިތްހަމަ ޖެހިދާނެ. އެއީ އޭނާއަށް ކުއްޖަކު ދުނިޔެއަށް ގެނެވުނުކަމުގެ އުފަލުގައި.


’⁠އޭ މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތް ކުރާ މީހުންނޭ، ދެކޭށޭ. އަޖައިބުވެ ހައިރާންވުމަށް ފަހު މަރުވެގެންދާށޭ. މި އަދު ތިމަންކަލާނގެ މި ކުރާ ކަންތަކަކީ ކަލޭމެންނަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނޭ. މީހަކު މި ކަންތަކުގެ ވާހަކަ ކަލޭމެންނަށް ކިޔާދިނަސް ކަލޭމެންނަކަށް މި ކަމެއް ގަބޫލެއް ނުކުރެވޭނެއޭ.⁠‘⁠“


އެބައިމީހުންނަށް ދެއްވާނޭ ޢުޤޫބާތަކީ ނިމުމެއްނެތް ހަލާކެވެ. އަދި އެބައިމީހުން ވާނީ މާތް ސާހިބާއާއި އެކަލޭގެފާނުގެ ޖަލާލަތުކަމުގެ ބާރުފުޅުން އެއްކިބާ ކުރެވިގެންނެވެ.


ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ