Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:27 - ކިތާބުލް މުޤައްދަސާ

27 އީމާންތެރިކަމުގައިވާ ހުރިހާ އެންމެންނަށް މި ސިޓީ ކިޔައިދިނުމަށް މާތްސާހިބާ ދެއްވި އަމުރުވެރިކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:27
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“


އަދި ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ ދަރިކަލުން، އީސާގެފާނު! އަޅުގެ ކިބައިން ކަލޭގެފާނު އެދިލައްވަނީ ކޮންކަމެއް؟ ކަލާކޮށްޓަކާ ބުނަން، އަޅާއަށް އަނިޔާ ނުކުރައްވާތި!⁠“


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


ބަނީއިސްރާއީލު މީހުން ވެސް ނުބައި ރޫޙުތައް އަވަލާފައިވާ މީހުން ރަނގަޅު ކުރަމުން އެކި ރަށްރަށަށް ދަތުރު ކުރަމުން ދިޔައެވެ. މީގެތެރެއިން ބަޔަކު ނުބައި ރޫޙުތަކުގެ ކިބައިން މީސްތަކުން މިންޖު ކުރުމަށް އީސާގެފާނުގެ ނަންފުޅު ބޭނުން ކުރުމަށް މަސައްކަތް ކުރިއެވެ. އެ ގޮތުން އެމީހުން ނުބައިރޫޙުގެ ބާރުގެ ދަށުވެފައިވީ މީހުންނަށް ބުނަމުން ދިޔައެވެ. ”⁠ޕައުލް އެބޭކަލެއްގެ ނަންފުޅުގައި ކިޔަވާދެމުން އެ ދާ ބޭކަލެއް ކަމުގައިވާ އީސާގެފާނުގެ ނަންފުޅުގައި ތިޔަ މީހާ ދޫކޮށް ދިއުމަށް އަހަރެމެން އަމުރުކުރަން.⁠“


މި ސިޓީ ކިޔުމަށް ފަހު ތިޔަބައިމީހުން ލަވުދީކިޔާގެ މަސީޙީ ޖަމާޢަތަށް މި ސިޓީ ފޯރުކޮށްދޭށެވެ. އަދި އަހަރެން އެމީހުންނަށް ލިޔާ ސިޓީ ތިޔަބައިމީހުން ވެސް ކިޔަން ވާނެއެވެ.


ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު އަހަރެމެން ހިތިހިތުމަކީ ބަފަޔަކު އެމީހެއްގެ އަމިއްލަ ދަރިންނާއި މެދުގައި ހިތާހިތުން ފަދައިންނެވެ.


މި ސިޓީގައި އަހަރެމެން އަންގާފައިވާ ކަންތައްތަކާއި މެދުގައި ކިޔަމަންތެރިވުމަށް ދެކޮޅު ހަދާ ފަރާތްތައް ފާހަގަކޮށް އެމީހުންނާ އެކަހެރިވާށެވެ. އޭރުން އެބައިމީހުން ލަދުވެތިވެ ބަދަލުވެދާނެއެވެ.


ތިމޮތީ، މަގޭ ދަރިފުޅާއެވެ. ތިބާއަށް އަހަރެން މި ދޭ އިރުޝާދުތަކަކީ ކުރީގައި ތިބާއާމެދު އެންގެވިފައިވާ ޣައިބުގެ ބަސްފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ އިރުޝާދުތަކެކެވެ. މި އިރުޝާދުން ތިބާއަށް މާތްރަސްކަލާނގެ މަގުގައި ކުރެވޭ ރޫޙާނީ ހަނގުރާމަ ކުރުމުގެ ހިތްވަރު ލިބިދޭނެއެވެ.


އަހަރެން މެސެޑޯނިޔާއަށް ފުރަމުން، އެފޭސުސްގައި ތިބާ މަޑުކޮށް އެތަނުގައި އަންގައިދެމުން ގެންދާ ދޮގު ފަތުވާތައް ހުއްޓުވުމަށް ތިބާގެ ގާތުގައި އެދެވިފައިވާނެއެވެ.


މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޟްރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ.


މަސީޙީ ޖަމާޢަތަށް މިގޮތުގެމަތިން އިރުޝާދު ދޭށެވެ. އޭރުން ބަދުނާމުތަކުން އެކަނބަލުން އެއްކިބާވާނެއެވެ.


އަހަރެން މާތްރަސްކަލާނގެ ޙަޟްރަތު ހެކިކޮށް ތިބާއަށް އަމުރު ކުރަމެވެ. އެކަލާނގެއީ ހުރިހާ ތަކެއްޗަކަށް ދިރުންދެއްވާ ކަލާނގެއެވެ. އަދި އީސާ އަލްމަސީޙުގެ ޙާޟިރުގައި ބުނަމެވެ. އެކަލޭގެފާނު ޕޮންތިޔުސް ޕިލާތުސްގެ ކުރިމަތީގައި އީމާންތެރިކަން ފުރިހަމައަށް ސާބިތު ކޮށްދެއްވިއެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ