Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:22 - ކިތާބުލް މުޤައްދަސާ

22 އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:22
15 ပူးပေါင်းရင်းမြစ်များ  

އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.


އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.


މިފަދައިން ތިޔަބައިމީހުންގެ އަމަލުތައް ބެހެއްޓެމުން އީމާންތެރިކަމުގައިނުވާ ފަރާތްތައް ވެސް ތިޔަބައިމީހުންނާއިމެދު ޤަދަރު ކުރާނެއެވެ. އަދި ތިޔަބައިމީހުންގެ ބޭނުން ތަކާއިމެދު އަނެކުންނަށް ބަރޯސާ ކުރާކަށް ނުޖެހޭނެއެވެ.


ނަމަވެސް ކޮންމެ ކަމަކާއިމެދު ފަރުވާތެރިވެ އިމްތިޙާނު ކުރާށެވެ. ހެޔޮކަންކަމުގައި ގަދައަޅައި ހިފަހައްޓާށެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އެހެން މީހުން އަލިފާނުގައި ނެތި ދިޔުމުގެ ކުރިން އެމީހުން ޖަހައިގަނެ ސަލާމަތްކޮށްދޭށެވެ. އަނެއް މީހުންނަށް ސަމާލުވެ ތިބެ ހަމްދަރުދީވާށެވެ. އެމީހުންގެ ދިރިއުޅުން ޚަރާބުކުރާ ފާފަތަކާ މެދު ނަފްރަތު ވަމުންނެވެ.


ރާޢޫތު އެތާ އޮވެފައި ހެނދުނުގެ އަލި ވިލުމުގެ ކުރިން މީހަކަށް ނުފެނި ގެއަށް ދިއުމަށް ގަސްތު ކޮށްފިއެވެ. އެއީ މިކަންތައް އެކަކަށް ވެސް އެނގުމަށް ބޫޢަޒު ބޭނުން ނުވާތީއެވެ.


އޭނާ ނިދާހާއިރު ކޮށްފައި އޭނާ ނިދަން އޮތް ތަނެއް ހޯދައި އޭނާގެ ފައިތިލަ ކަޝްފުކޮށްފައި އޭނާގެ ކައިރީ އޮށޯވޭ. ދެން ދަރިފުޅު ކަންތައް ކުރަންވީ ގޮތެއް އޭނާ ދަރިފުޅު ގާތު ބުނާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ