ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:2 - ކިތާބުލް މުޤައްދަސާ2 އެއީ މާތްސާހިބާ އެނބުރި ވަޑައިގަންނަވާނޭ ދުވަހަކީ ޙައިރާންކަން ލިބެނިވި ދުވަހެއްކަން ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނޭތީއެވެ. އެހެނީ އެކަލޭގެފާނު ވަޑައިގަންނަވާނީ ވަގަކު ރޭގަނޑުގައި ވައްކަންކުރަން އަންނަ ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
މާތްސާހިބާ އެނބުރި ވަޑައިގަންނަވައިފި ކަމުގެ ދަޢުވާ ކުރާ މީހަކު ދައްކާ ވާހަކަތައް ގަބޫލު ނުކުރާށެވެ. އެއީ މާތްރޫޙުފުޅުން ލިބުނު ޣައިބުބަސްތަކެއް ނުވަތަ އަހަރެމެން ބުނި ބަހަކުން ނުވަތަ ފޮނުވި ސިޓީއަކުން އެމީހަކަށް ލިބުނު ޚަބަރެއް ކަމުގައި ބުންޏަސްމެއެވެ. ހަމައެހެންމެ އެފަދަ ދޮގު ދަޢުވާތަކާއި މެދުގައި ތިޔަބައިމީހުން އަވަހަށް ކަންބޮޑުވެ ސިހިގެން ނުދިއުމަށް އަހަރެމެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.
ނަމަވެސް މާތްސާހިބާ އެނބުރި ވަޑައިގަންނަވާނީ ވަގަކު ވައްކަން ކުރަން ވަންނަ ފަދައިން އިންޒާރެއް ނެތިއެވެ. އެ ހިނދު ބުންޒީލަ އަޑުފަށް ގަނޑަކާއެކު އުޑު ގެއްލިދެއެވެ. ހަމައެހެންމެ ކާއިނާތުގައިވާ އުންސުރުތައް ގަދަ ހޫނުގައި ވިރިގެން ގޮސް ނެތިދެއެވެ. އަދި ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް އިންސާފުގެ ކުރިމައްޗަށް ހާމަކަމާއިއެކު ހުށަހެޅިދެއެވެ.