Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:18 - ކިތާބުލް މުޤައްދަސާ

18 ކޮންމެ ޙާލަތަކާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާށެވެ. މިއީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި ތިޔަބައިމީހުން ކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 5:18
11 ပူးပေါင်းရင်းမြစ်များ  

އެންމެހާ ކަންތައްތަކުގައި މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގަނެ އަބަދުވެސް މާތްރަސްކަލާނގެ އަހަރެމެންގެ ބައްޕާފުޅަށް ޝުކުރު ދަންނަވާށެވެ.


ކަންތައްތަކާއިމެދުގައި ކަންބޮޑު ނުވާށެވެ. އަދި ކޮންމެ ކަމަކަށް އެދި ޝުކުރުވެރިކަމާއެކު މާތްރަސްކަލާނގެއަށް ދަންނަވާށެވެ.


ތިޔަބައިމީހުން ކުރާކޮންމެ ކަމެއް މާތްސާހިބާ އީސާގެފާނުގެ ނަންފުޅު މަތީގައި ކުރާށެވެ. އެއީ އެކަލޭގެފާނު މެދުވެރިކޮށް ބައްޕާފުޅު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާށެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުން މާތް ބައެއްގެ ގޮތުގައި ވުމަށެވެ. އަދި ޖިންސީ ފާފަތަކުން ދުރުވެގެން ވުމަށެވެ.


އެހެންވީމާ، އަހަރެމެން މާތްރަސްކަލާނގެއަށް އީސާގެފާނު މެދުވެރިކޮށް ހުށަހަޅަމުން މިގެންދާ ޤުރުބާނީތައް ހުށަހެޅުން ހުއްޓާލައިގެން ނުވާނެއެވެ. އެ ޤުރުބާނަކީ އަހަރެމެންގެ ދޫތަކުން އެކަލޭގެފާނުގެ ނަންފުޅުގަނެ މާތްރަސްކަލާނގެއަށް ޙަމްދުސަނާ ދަންނަވައި ކުރާ ޤުރުބާނީއެވެ.


ތިޔަބައިމީހުން ވޭތުކުރަމުންގެންދާ ރީތި ދިރިއުޅުމުން ތިޔަބައިމީހުންނާއި މެދު ޙަޤީޤަތެއް ނެތް ތުހުމަތުތައް ކުރަމުން ދާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް މާތްރަސްކަލާނގެ އެދިވޮޑިގެންވެއެވެ.


އޭރުން ތިޔަބައިމީހުންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް އަމިއްލަ ނުބައިވެގެންވާ އެދުންތަކުން އެއްކިބާވެ ތިބެ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން މި ދުނިޔެ ވޭތުކުރެވޭނެއެވެ.


އަދި މި ދުނިޔެއާއި މި ދުނިޔޭގައިވާ އެންމެހާ ނުބައި ވެގެންވާ އެދުންތަކާއެކު އަބަދަށްޓަކައި ފަނާވެދެއެވެ. ނަމަވެސް މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރި ފަރާތްތައް ތާއަބަދަށް ދިރި ދެމިތިބޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ