Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:9 - ކިތާބުލް މުޤައްދަސާ

9 ތިޔަބައިމީހުންގެ މެދުގައިވާ މަސީޙީ އާއިލާގެ އެކަކު އަނެކަކާއިމެދު ލޮބުވެތި ކަމުގައި ވުމަށް އެދި ތިޔަބައިމީހުންނަށް ލިޔާކަށް ވެސް ނުޖެހެއެވެ. ސަބަބަކީ ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް ލޮބުވެތި ވުމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އުނގަންނަވައި ދެއްވާފައިވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:9
30 ပူးပေါင်းရင်းမြစ်များ  

އަދި ދެވަނަ އަމުރުފުޅަކީ ފުރަތަމަ އަމުރުފުޅެކޭ ދާދި އެއްފަދަ އަމުރުފުޅެއް. އެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވުން.


ނަމަވެސް އަހަރެންގެ ބަދަލުގައި ކަލޭމެންނަށް އެހީތެރިވުމަށް ބައްޕާފުޅު ފޮނުއްވައި ދެއްވާ މާތްރޫޙުފުޅު ކަލޭމެންނަށް ހުރިހާ ކަމެއް ދަސްކޮށްދީ އަހަރެން މި ދަސްކޮށްދިން ކަންތަކުގެ މަތިން ކަލޭމެންގެ ހަނދާންތައް އާކޮށް ދޭނެ.


އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.


އަހަރެމެންގެ ތެރެއިން ރޫޙާނީ ގޮތުން ތަސައްރަފު ފުދިފައިވާ ކޮންމެ މީހަކުމެ މި ގޮތަށް ވިސްނާށެވެ. އަދި މީގެ ތެރޭގައި ތިޔަބައިމީހުންނަށް އެއްބަސްވުމަށް ދަތިވާ ކަންތަކެއް ހުރި ނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް އެކަންތައްތައް ސާފުކޮށް އަންގަވައި ދެއްވާނެތެވެ.


އަޚުންނާއި އުޚުތުންނޭވެ! ވަގުތާއި ތާރީޚާއި މެދު ލިޔާކަށް އަހަރެންނަކަށް ނުޖެހެއެވެ.


”⁠ވަގުތު ޖެހުމުން ތިމަންކަލާނގެ އެމީހުންނާ އެކު ޢަހުދުނާމާއެއް ގާއިމުކުރައްވައި، އެމީހުންގެ ސިކުނޑިތަކާއި ހިތުގައި ތިމަންކަލާނގެ އަމުރުފުޅުތައް ލިޔެ ދެއްވާނަން.⁠“


އަހަރެމެން އެންމެން އެކަކުއަނެކަކާ އަޅާލައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ލޯބިވަމުން ދާށެވެ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ސަބަބަކީ އެކަކު އަނެކަކާއިމެދު އިޚުލާސްތެރިކަމާއިއެކު ފުން ލޯތްބެއްގައި ވުމުން މީސްތަކުންގެ ކުށްފާފަތަކަށް މަޢާފު ދިނުމުގައި ތައްޔާރުވެ ތިބެވޭނެތީއެވެ.


ކަލާނގެ ރުހިވޮޑިގަންނަވާ ގޮތްތައް އަޚުވަންތަކަމުގެ ކުލުނާ އެކުލައްވާށެވެ. އެ އަޚުވަންތަކަމުގެ ކުލުނުގައި ލޯބި ހިމަނާށެވެ.


ނަމަވެސް އަހަރެމެން އަނެކުންނާއިމެދު ލޮބުވެތިކޮށް ހިތާނަމަ އަހަރެމެންނަށް އެތިބެވެނީ އަލިކަމުގެ ތެރޭގައެވެ. އޭރުން އަހަރެމެންގެ ކިބައިން އަނެކާގެ މަގުން ކައްސާލާނެ ގޮތް މެދުވެރިއެއް ނުވާނެއެވެ.


ފެށުނީއްސުރެން ތިޔަބައިމީހުން އަޑުއަހަމުން އައި އެންގެވުމަކީ މިއީއެވެ: ”⁠އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވޭ!⁠“


މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ އީސާ އަލްމަސީޙަކީ އެކަލާނގެ ދަރިކަލުން ކަމަށް އަހަރެމެން އީމާން ވުމަށެވެ. އަދި އަހަރެމެން އެކަކު އަނެކަކަށް ލޮބުވެތިކޮށް ހިތުމަށެވެ. މިއީ މާތްރަސްކަލާނގެ އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައިވާ ކަންތަކެވެ.


އަދި އީސާގެފާނު އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެން މާތްކަލާނގެއާ މެދުގައި ލޮބުވެތި ވާނަމަ އެކަލޭގެފާނަށް ތަބާވާ އަހަރެމެންގެ އަޚުންނާ އުޚުތުންނާމެދު ވެސް ލޮބުވެތި ވާން ވާނެ ކަމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ