ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:5 - ކިތާބުލް މުޤައްދަސާ5 މާތްރަސްކަލާނގެއީ ކޮންފަރާތެއްކަން އެނގިގެންނުވާ މީސްތަކުން ފަދައިން ތިޔަބައިމީހުންގެ ނަފްސުތައް ޝަހުވަތްތެރި ކަމުގެ ތެރެއަށް ވައްޓާނުލުމަށެވެ. အခန်းကိုကြည့်ပါ။ |
އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.
ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.
ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.