Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:15 - ކިތާބުލް މުޤައްދަސާ

15 ތިޔަބައިމީހުންނަށް އަހަރެން މި ބުނެދެނީ މާތްސާހިބާ އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅުގައި ވިދާޅުވި ޚަބަރުފުޅު ތަކެވެ. މާތްސާހިބާ އެނބުރި ވަޑައިގަންނަވާހިނދު، އަހަރެމެން ފަދައިން ދިރި ދުނިޔޭގައި ތިބި މަސީޙީންނަށް ކުރިން ނިޔާވެފައި ތިބި މަސީޙީންނަށް ވުރެ ކުރިން ގޮސް އެކަލޭގެފާނާއި ބައްދަލެއް ނުކުރެވޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:15
19 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ކީއްވެ ނުދައްކަވަންވީ؟⁠“ ޕަތަރަސް ގެއަށް ވަދެގެން ދިޔަ ހިނދު ފުރަތަމަ އީސާގެފާނު އޭނާއަށް ބުންޏެވެ. ”⁠ޝަމްއޫނު ޕަތަރަސް، ތިބާއަށް ފެންނަ ގޮތަކީ ކޮބާ؟ ދުނިޔަވީ ރަސްރަސްކަލުން ޓެކްސް ނަގާނީ ކޮންބައެއްގެ އަތުން ތަ؟ ރަސްގެފާނުގެ ދަރިންގެ އަތުންތަ ނޫނީ އެހެނިހެން މީހުންގެ އަތުންތަ؟⁠“


އެޚަބަރަކީ އެއްވެސް އިންސާނަކު އަހަރެންނަށް ދިން ޚަބަރެއް ވެސް ނޫނެވެ. އަދި އެއަކީ އަހަރެން އެހެން އިންސާނެއްގެ ކިބައިން ދަސްކޮށްގެން އައިސް ކަލޭމެންނަށް ކިޔާދިން ވާހަކަތަކެއް ވެސް ނޫންމެއެވެ. އެއުފާވެރި ދިންނެވުމުގެ ޚަބަރު އަހަރެންނަށް ދައްކަވާ އަންގަވައިދެއްވީ ޚުދު އީސާ އަލްމަސީޙު އެވެ.


އަހަރެމެންގެ މާތްސާހިބާ އީސާގެފާނު ވަޑައިގަންނަވާހިނދު އަހަރެމެންގެ އުންމީދަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އުފާކުރުވާ އަދި އަހަރެމެންގެ ބޮލުގައި އެޅޭނެ ފަޚުރުވެރި ތާޖަކީ ކޮބާހެއްޔެވެ؟ އެއީ ތިޔަބައިމީހުންނެވެ.


އަޚުންނާއި އުޚުތުންނޭވެ! މި ހިނދު އަހަރެން ބޭނުންވަނީ މަސީޙީންގެ ތެރެއިން ނިޔާވި ފަރާތްތަކާއިމެދު ހިނގާނޭ ޙާދިސާ ތިޔަބައިމީހުންނަށް އެނގުމަށެވެ. އެއީ އުންމީދެއް ނެތިފައިވާ މީސްތަކުން ނިޔާވާ މީހުންނާމެދު ހިތާމައިގައިވާ ފަދައިން ތިޔަބައިމީހުން ހިތާމައިގައި ނުވުމަށެވެ.


އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވީ އަހަރެމެންނަށްޓަކައެވެ. އެއީ އަހަރެމެންނަށް އެކަލޭގެފާނާއި އެކުގައި ޙަޔާތް ވޭތުކުރެވުމަށެވެ. އެކަލޭގެފާނު ވަޑައިގަންނަވާއިރު އަހަރެމެން ދިރިތިބި ކަމުގައި ވިޔަސް ނޫނީ އަހަރެމެން މަރުވެފައި ވީކަމުގައި ވިޔަސްމެއެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމާ ބެހޭގޮތުން ބުނަމެވެ. އެކަލޭގެފާނާއި ބައްދަލު ކުރުމަށް އަހަރެމެން އެތަނަށް އެއްތަން ވާނަމެވެ. ވީމާ، އަޚުންނާއި އުޚުތުންނޭވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ