ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:14 - ކިތާބުލް މުޤައްދަސާ14 އަހަރެމެން އީމާންވާ ގޮތުގައި އީސާގެފާނު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު، އަލުން ދިރި ވަޑައިގެންނެވިއެވެ. ވީމާ އަހަރެމެން އީމާންވަނީ ނިޔާވެ ދިޔަ އެންމެހާ މަސީޙީން ވެސް އީސާގެފާނާއި އެކުގައި މާތްރަސްކަލާނގެ ގެންނަވާނެ ކަމަށެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“