Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:10 - ކިތާބުލް މުޤައްދަސާ

10 އަދި މެސެޑޯނިޔާގެ ސަރަހައްދުގައިވާ އެންމެހާ މަސީޙީންދެކެ ތިޔަބައިމީހުން ތެދުވެރި ގޮތުގައި ލޯބިވެއެވެ. އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނަށް އަހަރެން މި ހިނދު ހިތްވަރު މިދެނީ އެބައިމީހުންދެކެ އިތުރަށް ލޯބިވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:10
14 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން މާތްސާހިބާ އީސާގެފާނަށް ތަބާވެ އީމާންވީ ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންނާއި މެދު ތިޔަބައިމީހުންގެ ހިތުގައިވާ ލޯތްބާއި ކުލުނުވާ ޚަބަރު އިވުމުން ތިޔަބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން އަހަރެން ހުއްޓައި ނުލަމެވެ. އަބަދާ އަބަދު ތިޔަބައިމީހުންނަށްޓަކައި އަހަރެން ދުޢާ ދަންނަވަމެވެ.


ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ.


އެއީ ތިޔަބައިމީހުން އީސާ އަލްމަސީޙަށް ތަބާވެ އީމާންވެ ތިބި ކަމާއި، އަދި މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ހުރިހާ އެންމެންދެކެ ތިޔަބައިމީހުން ލޯބިވާ ޚަބަރު އިވުމުންނެވެ.


ވުމާއެކު، މެސެޑޯނިޔާ އާއި އަކޭޔާގެ އީމާންތެރިކަމުގައި ވީ ފަރާތްތަކަށް ތިޔަބައިމީހުން ނަމޫނާއަކަށް ވިއެވެ.


ހަމައެހެންމެ، މަސީޙީ ޖަމާޢަތުގެ މެދުގައްޔާއި އަދި ހުރިހާ އެންމެންގެ މައްޗަށް އޮތް ލޯބި މާތްސާހިބާ ބަދަހި ކޮށްދެއްވާށިއެވެ. އަހަރެމެން ތިޔަބައިމީހުން ދެކެ ލޯބިވާ ފަދައިންނެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


ހަމައެހެންމެ، ތިޔަބައިމީހުންނަށް އަހަރެމެން އުނގަންނައިދިން އަމުރުތަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެ، އަދި އެގޮތުގެ މަތިން އަމަލު ކުރުންމަތީގައި ދެމިތިބޭނޭ ކަމުގެ އިތުބާރާއި ޔަޤީންކަން ވެސް މާތްސާހިބާ އަހަރެމެންނަށް ދެއްވައެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ