Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:1 - ކިތާބުލް މުޤައްދަސާ

1 އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 4:1
44 ပူးပေါင်းရင်းမြစ်များ  

ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.


އަހަރެންނާއި ގުޅިފައިވާ ގޮފިތަކުގެ ތެރެއިން މޭވާ ނާޅާ ހުރިހާ ގޮތްޕެއް އެކަލާނގެ ކަނޑުއްވާ ލައްވާނެ. އަދި މޭވާ އަޅާ ގޮފިތައް ކޮށްޓަވައި ބަލަހައްޓަވާނެ. އެއީ އެގޮފިތައް ސާފުވެ ގިނަ މޭވާ އަޅާނެ ގޮތް ވުމަށްޓަކައި.


އެއީ މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާއި މެދު ކަލޭމެންނަށް އަންގަވަން އެދިވޮޑިގެންވީ ހުރިހާ އެއްޗެއް އަހަރެން ކަލޭމެންނަށް އަންގައިދިނީން.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


ހަމަ ޔަޤީނުން ވެސް އަލްމަސީޙާއި މެދު ތިޔަބައިމީހުންނަށް އުނގެނިގެންވީ އެފަދަ ކަންތައްތަކެއް ނޫނެވެ.


އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.


މި ހިނދު، އަހަރެންނަށް ދެވުނަސް އަދި ނުދެވުނަސް އެންމެ މުހިންމު ކަމަކީ ތިޔަބައިމީހުންގެ ދިރިއުޅުން އިންޖީލުގައި އަލްމަސީޙު އެދިވަޑައިގަންނަވާ ގޮތަށް ބިނާ ކުރުމެވެ. އޭރުން ތިޔަބައިމީހުން އެއްބައިވަންތަ ކަމާއެކުގައި ފުރިހަމައަށް ގާއިމުވެ ތިބެ ކުރިޔަށް ދިޔައީ އިންޖީލުގައި އަލްމަސީޙު އެންގެވި މަގުސަދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެންއެކީގައި އީމާންތެރިކަމުގެ ރޫޙުގައި ހިތްވަރު ކުރަމުން ދާ ކަން އަހަރެންނަށް އެނގޭނެއެވެ.


ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ.


އަހަރެން ދެމިގަންނަން ގަދައަޅާނީ ލަނޑުދަނޑި އާއި ދިމާއަށެވެ. އޭރުން އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވާ މާތްކަލާނގެ ގޮވައިލައްވާ ދާއިމީ ޙަޔާތުގެ އިނާމު ޙާސިލު ކުރުމަށެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަކީ ތިޔަބައިމީހުންގެ ސާހިބާ ކަމަށް ގަބޫލުކޮށްގެންނެވެ. ވީމާ ތިޔަބައިމީހުން އެގޮތުގެ މަތިން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ކުރިއަށްދާށެވެ.


ހަމައެހެންމެ، މަސީޙީ ޖަމާޢަތުގެ މެދުގައްޔާއި އަދި ހުރިހާ އެންމެންގެ މައްޗަށް އޮތް ލޯބި މާތްސާހިބާ ބަދަހި ކޮށްދެއްވާށިއެވެ. އަހަރެމެން ތިޔަބައިމީހުން ދެކެ ލޯބިވާ ފަދައިންނެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ އަމުރުވެރިކަމާއެކު އެކަލޭގެފާނުގެ މަންދޫބެއްގެ ގޮތުން ތިޔަބައިމީހުން ކުރުމަށް އަހަރެން ބުނެދިނީ ކޮން ކަންތައްތަކެއްކަން ތިޔަބައިމީހުން ދަންނާނެއެވެ.


އަޚުންނާއި އުޚުތުންނޭވެ. މާތްސާހިބާއަށްޓަކައި ތިޔަބައިމީހުންގެ ޙަޔާތު ވޭތުކުރުމަށް އުނގަންނައިދީ އަދި ތިޔަބައިމީހުންގެ މެދުގައި ގަދައަޅައި މަސައްކަތްކުރި ވެރިންނަށް ގަދަރު ކުރުމަށް އިލްތިމާސް ކުރަމެވެ. އެމީހުން ތިޔަބައިމީހުންނަށް ރޫހާނީ މަގުދައްކައި ދިނުމަށް މަސައްކަތް ކުރިއެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމާ ބެހޭގޮތުން ބުނަމެވެ. އެކަލޭގެފާނާއި ބައްދަލު ކުރުމަށް އަހަރެމެން އެތަނަށް އެއްތަން ވާނަމެވެ. ވީމާ، އަޚުންނާއި އުޚުތުންނޭވެ!


އަޚުންނާއި އުޚުތުންނޭވެ! އެންމެފަހުން އަހަރެން ބުނަމެވެ. މާތްސާހިބާގެ ހެޔޮޚަބަރުފުޅު ނުހަނު އަވަހަށް ފެތުރިގެން ދިއުމަށް އެދި އަހަރެމެންނަށްޓަކައި ދުޢާކުރާށެވެ. އަދި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަނެކުން ވެސް އެ ޚަބަރުފުޅާއި މެދު ގަދަރު ކުރާނެހެން ވެސް ދުޢާކުރާށެވެ.


އަޚުންނާއި އުޚުތުންނޭވެ! ހެޔޮ އަމަލުތައް ކުރުމުގައި ތިޔަބައިމީހުން ފޫހި ނުވާށެވެ.


މުހިންމު ގޮތެއްގައި އަހަރެން މިކަންތައްތަކަށް މި އަމުރު ކުރަނީ މާތްރަސްކަލާނގެ ޙަޟްރަތުގައާއި މާތްސާހިބާ އީސާ އަލްމަސީޙު އަދި މަތިވެރި ވެގެންވާ މަލާއިކަތުން ހެކިކުރައްވާ މި އިރުޝާދުތަކަށް ރަނގަޅަށް ބަލައި ކުރިއަށް ދިއުމަށެވެ. އަދި އެއްވެސް މީހަކު ތަފާތު ނުމެކޮށެވެ.


އީސާ އަލްމަސީޙު ރަސްކަލަކު ކަމުގައި އަންނަ ދުވަހު އެކަލޭގެފާނު ވާނީ އެންމެހާ މީސްތަކުންގެ މައްޗަށް އިންސާފު ކުރައްވާނޭ ފަރާތް ކަމުގައެވެ. ދިރި ތިބީންނަށާއި މަރުވެދިޔަ މީހުންގެ މައްޗަށެވެ. އެހެންވީމާ މާތްރަސްކަލާނގެ އަދި އަލްމަސީޙު ހެކިކޮށް ތިބާއަށް އަހަރެން އަމުރު ކުރަމެވެ.


އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.


އަދި ހެޔޮ އަމަލުތައް ކުރުމަށާއި ބޭނުންޖެހިފައިވާ އަނެކުންނަށް އެހީވުމަށް ހަނދުމަ ނައްތާނުލާށެވެ. އެހެނީ މިކަންކަމަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ޤުރުބާނީތަކެވެ.


އަޚުންނޭވެ! އަހަރެން މި ކުރު ސިޓީ މިލިޔަނީ ކަލޭމެންނަށް ހިތްވަރު ދިނުމަށެވެ. އަހަރެން މި ބުނި ވާހަކަތަކަށް ކަލޭމެން ފަރުވާތެރިވުން ވަރަށް އެދެމެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ