ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:5 - ކިތާބުލް މުޤައްދަސާ5 ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ. အခန်းကိုကြည့်ပါ။ |
އަހަރެން އެރަށަށް ދިޔައީ އަހަރެން ގޮސް ކުރަންވީ ކަންތައް މާތްކަލާނގެ އަހަންނަށް އަންގަވައި އިލްހާމު ކުރެއްވީމައެވެ. އަހަރެން އެރަށުގައި ހުރެ އީސާއީންގެ އިސް މީހުންގެ ގޮތުގައި ތިބި މީހުންނާ ވަކިވަކީން ބައްދަލު ކުރީމެވެ. އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އަހަރެން ދަސްކޮށް ދެމުން އައި ކަންތައް އެމީހުންނާ ޙިއްސާ ކުރީމެވެ. އަހަރެން ބަލަން ބޭނުންވީ އަހަރެން ދަސްކޮށްދެމުން އަންނަ ބަސްތަކާ މި ޖަމާޢަތުގެ މީހުން އެއްބަސްވޭ ތޯއެވެ. އެހެނީ އަހަރެން ދަސްކޮށް ދެމުން އައި ކަންތަކަކީ ބޭކާރު އެއްޗަކަށް ވާން އަހަރެން ބޭނުން ނުވާތީއެވެ.
މާތްސާހިބާ އީސާގެފާނު ރުހިވަޑައިގެންފި ނަމަ އަހަރެން އަވަސް ގޮތެއްގައި ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވުމަށް އުންމީދު ކުރަމެވެ. އޭރުން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ފަހު އެނބުރި އަހަރެންގެ ކައިރިއަށް އައުމުން ތިޔަބައިމީހުންގެ ހާލުއަހުވާލު އެނގި އަހަރެންގެ ތަބީޢަތަށް އުފާވެރިކަން ގެނެސްދޭނެއެވެ.
ނަމަވެސް ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ޒިޔާރަތް ކުރުމަށް ފަހު، އަހަރެމެންގެ ކައިރިއަށް އެނބުރި އައިސް ތިޔަބައިމީހުންނާއި ބެހޭ ގޮތުން އުފާވެރި ޚަބަރުތައް ދިނެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަމާއި ތިޔަބައިމީހުންގެ މެދުގައިވާ ލޯތްބާއި މެދު ޚަބަރު ދިނެވެ. ހަމަ އެހެންމެ، ތިޔަބައިމީހުން އަބަދުވެސް އަހަރެމެންގެ މަތިން ހެޔޮ ގޮތުގައި ހަނދުމަ ކުރަމުން ގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އަހަރެމެން ތިޔަބައިމީހުން ދުށުމަށް އެދޭފަދައިން ތިޔަބައިމީހުން ވެސް އަހަރެމެން ދުށުމަށް އެދޭ ވާހަކަވެސް ބުނެދިނެވެ.