Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:4 - ކިތާބުލް މުޤައްދަސާ

4 އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން އެންމެން ވޭނާއި ކެކުޅުން އުފުލާން ޖެހޭނެ ކަމުގައި އަހަރެމެން ބުނީމެވެ. އަދި އަހަރެމެން ބުނެދިން ފަދައިން އެކަންތައްތައް ހިނގައިދިޔަކަން ތިޔަބައިމީހުން ދަންނާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:4
12 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެ ވަގުތުގެ ކުރީން އަހަރެން ތިޔަބައިމީހުންނަށް އިންޒާރު މިދެނީ އެހެންވެ.


ޕައުލް އާއި ސިލާހު އަންފީޕޮލިސް އާއި އަޕޮލޯނިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތިސަލޯނިކާއަށް ދިޔައެވެ. އެ ރަށުގައި ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒެއް ވިއެވެ.


ނަމަވެސް ތިސަލޯނިކާގެ ބަނީއިސްރާއީލު މީހުންނަށް ޕައުލް ބެރޭއާގައި މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަންގައިދިން ކަން އެނގުމުން އެ ރަށަށް ވެސް އައިސް އެ ރަށުގައި ވެސް މީސްތަކުންގެ މެދުގައި ހަމަ އެ ގޮތަށް ހަމަނުޖެހުން އުފެއްދިއެވެ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


އަދި އަޚުންނާއި އުޚުތުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ޤައުމުގެ މީހުންގެ އަތްދަށުން ތިޔަބައިމީހުންނަށް ނާއިންސާފުން އަނިޔާލިބުނެވެ. މިގޮތުން ތިޔަބައިމީހުން ތަޖުރިބާ ކުރަމުން ތިޔަދަނީ ޖުދެއާ ކަރައިގެ މާތްރަސްކަލާނގެ މަސީޙީ ޖަމާޢަތްތަކުގެ މީހުންނަށް އެމީހުންގެ އީމާންތެރިކަމުގެ ސަބަބުން އެމީހުންގެ އަމިއްލަ މީހުންކަމަށްވާ ޖުދެއާ ކަރައިގެ މީހުންގެ ފަރާތުން ނާއިންސާފުން ލިބުނުފަދަ އަނިޔާތަކެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


އަހަރެން ތިޔަބައިމީހުންނާއި އެކުގައި ވީ ހިނދު މި ވާހަކަތައް ކިޔައިދިން ހަނދާން ތިޔަބައިމީހުން ނުވޭހެއްޔެވެ؟


އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”⁠މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ