Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:2 - ކިތާބުލް މުޤައްދަސާ

2 އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:2
24 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ސިލާހު ދަތުރުކޮށް ދެރުބޭ އާއި ލިސްތުރާއަށް ދިޔައެވެ. އެ ރަށުގައި ތިމޮތީ އޭކިޔުނު އީސާގެފާނަށް އީމާންވެގެންވީ މީހަކު ވިއެވެ. އޭނާގެ މަންމައަކީ ވެސް އީސާގެފާނަށް އީމާންވެގެންވީ މީހެކެވެ. އޭނާގެ މަންމަ އަކީ ބަނީއިސްރާއީލު މީހެކެވެ. އެހެން ނަމަވެސް އޭނާގެ ބައްޕައަކީ ގުރީކު މީހެކެވެ.


މި ކަމުގެ ސަބަބުން އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކުގެ އެންމެންގެ އީމާންކަން ވަރުގަދަވެ އަދި އެބައިމީހުންގެ އަދަދު ގިނަވަމުން ދިޔައެވެ.


ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.


މިކަން އެނގޭތީ އަހަރެން ދިރިހުރުން ރަނގަޅުކަމަށް ގަބޫލުކުރެވެއެވެ. އެއީ ތިޔަބައިމީހުން އީމާންކަމުގެ އުފަލުގެ ތެރޭގައި ހެދި ބޮޑުވުމަށް އެހީތެރިވުމަށެވެ.


މި ސިޓީއަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތުގެ މަތިން އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި ޚިޔާރު ކުރައްވާފައިވާ ޕައުލް އާއި އަހަރެމެންގެ އަޚު ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ.


މާތްރަސްކަލާނގެ ރަޙުމަތްފުޅާއިމެދު ތިޔަބައިމީހުންނަށް އުނގަންނައި ދިނީ އަހަރެމެންގެ ލޮބުވެތި އެފަފުރާސް އެވެ. އޭނާއަކީ އަހަރެމެންނާއި އެކުގައި އަލްމަސީޙަށް ޚިދުމަތް ކުރުންމަތީގައިވާ އީމާންތެރި ޚާދިމެއް ވެސް މެއެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


އޭނާގެ މި ދަތުރުގައި އަހަރެމެންގެ ލޮބުވެތި ވަފާދާރު އަޚު، އޮނެސިމަސް ބައިވެރިވާނެއެވެ. އޭނާއަކީ ތިޔަ ރަށުގެ އަހުލުވެރިއެއް ވެސްމެއެވެ. އެމީހުން ހުރިހާ ވާހަކައެއް ތިޔަބައިމީހުންނަށް ކިޔާދޭނެއެވެ.


އަހަރެމެންގެ މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނާއިގެން ވަޑައިގަންނަވާ ހިނދު މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ބާރުގަދަ ކުރައްވައި ޚާލިސް މަޢުސޫމް ބައެއްގެ ގޮތުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ