Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:11 - ކިތާބުލް މުޤައްދަސާ

11 ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެންނަށް ދެވޭނޭ ފަދަ ގޮތެއް މެދުވެރިކޮށް ދެއްވުމަށް އެދި މާތްރަސްކަލާނގެ، މަތިވެރި ބައްޕާފުޅާއި އަހަރެމެންގެ މާތްސާހިބާ އީސާގެފާނަށް އެދި ދުޢާ ދަންނަވަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:11
28 ပူးပေါင်းရင်းမြစ်များ  

އަނެކުންގެ ކުށްތަކަށް ތިޔަބައިމީހުން މަޢާފްކޮށްފި ނަމަ، އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ކުށްތައް ވެސް ޢަފޫ ކޮށްދެއްވާނެ.


އޭރުން ތިޔަބައިމީހުން ތިބީ ރޯދައަށް ކަން އަނެކުންނަށް ނޭނގޭނެ. ނަމަވެސް ވަންހަނާގައި ތިޔަބައިމީހުން ކުރި އަމަލުތައް ވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ދެނެވޮޑިގެންވާނެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.⁠“


ދޫނިސޫފާސޫފިތަކަށް ބަލާލަބަލަ. އެ ތަކެތި ގޮވާން އިންދާ ނަހަދާ. އަދި ގޮވާން ކަނޑައެއް ވެސް ނަހަދާ. އަދި އެތަކެތި ގުދަނެއް ވެސް ނުކުރޭ. ނަމަވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު އެތަކެއްޗަށް ކާންދެއްވާ. އެފަދަ ދޫނިތަކަކަށް ވުރެން ތިޔަބައިމީހުންގެ އަގު މާ ބޮޑު.


އެތަކެތީގެ ފަހަތުން ދަހިވެތިވެ ދުވަނީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން. ތިޔަބައިމީހުންނަށް އެ ހުރިހާ ތަކެއްޗެއް ބޭނުންވާ ކަން ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެންވޭ.


ތިޔަބައިމީހުން ޞަދަޤާތް ސިއްރުވެރި ގޮތުގައި ދީ. އެހެނީ ތިޔަބައިމީހުން ސިއްރުވެރި ގޮތުގައި ކުރި އަމަލު އުޑުގައި ވޮޑިގެންވާ މަތިވެރި ބައްޕާފުޅު ދެނެވޮޑިގެންވޭ، އެކަލާނގެ ތިޔަބައިމީހުންނަށް އެކަމުގެ ޘަވާބު ދެއްވާނެ.⁠“


ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު، ކޮޓަރިއަށް ވަދެ ދޮރު ލައްޕައިގެން ތިބެ ވަންހަނާގައި ތިޔަބައިމީހުންގެ ބައްޕާފުޅަށް އެދި ދުޢާ ދަންނަވާ. ވަންހަނާގައި ތިޔަބައިމީހުން ކުރާ އަމަލުތައް ވެސް ބައްޕާފުޅު ދެނެވޮޑިގެންވޭ. އަދި ތިޔަބައިމީހުންނަށް އެކަލާނގެ އެކަމުގެ ޘަވާބު ދެއްވާނެ.


މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން ނަބީބޭކަލަކު ގޮވާލައްވަމުން ދާނެ. ’⁠މާތްރަސްކަލާނގެއަށްޓަކާ ތައްޔާރުވެ، އެކަލާނގެއަށްޓަކާ ސީދާ މަގެއް ތައްޔާރު ކުރޭ.⁠‘⁠“


އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ.


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


ކުލޫއްސީގައި ތިބި އަލްމަސީޙަށް ތަބާވެ އީމާންކަން މަތީ ތިބި މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުން ކަމަށްވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ލިޔަމެވެ. ތިޔަ ހުރިހާ އެންމެންނަށް އަހަރެމެންގެ ބައްޕާފުޅު، މާތްކަލާނގެ ނިޢުމަތްފުޅާއި ސުލްޙަވެރިކަން ލައްވާށިއެވެ.


އަހަރެމެންގެ މާތްސާހިބާ އެކަލޭގެފާނުގެ މީސްތަކުންނާއިގެން ވަޑައިގަންނަވާ ހިނދު މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ ޙަޟްރަތުގައި ތިޔަބައިމީހުން ބާރުގަދަ ކުރައްވައި ޚާލިސް މަޢުސޫމް ބައެއްގެ ގޮތުގައި ވުމަށް އެދި އަހަރެން ދުޢާކުރަމެވެ.


ހަރުއަޑުފުޅުން އަމުރު ކުރައްވަމުން މާތްސާހިބާ އުޑުން އެނބުރި ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނާއި އެކުގައި މަލާއިކަތުންގެ އިސްވެރިޔާގެ އަޑުފުޅު އިވިވަޑައިގެން ދާނެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އެކަލާނގެ ތާޅަފިލީގެ އަޑު އިއްވަވާނެއެވެ. އަދި އެންމެ ފުރަތަމަ އަލުން ދިރުއްވާނެ ބަޔަކީ އަލްމަސީޙު އަށް އީމާންތެރިކަމުގައިވެ ނިޔާވި ފަރާތްތަކެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އަހަރެމެންގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ އަހަރެމެންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ އަހަރެމެންނާއިމެދު އޯގާތެރިވެ ވޮޑިގަންނަވައި ނިމުމެއް ނުވާ ހިތްހަމަޖެހުމާއި އަދި ފުރިހަމަ އުންމީދު އަހަރެމެންނަށް ދެއްވިއެވެ. އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙާއި އަދި މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު ތިޔަބައިމީހުންނަށް ހިތްވަރު ދެއްވާ، އަބަދުވެސް ހެޔޮ އަމަލު ކުރުމަށާއި ހެޔޮބަސްތައް ބުނުން މަތީގައި ދެމި ތިބުމުގައި އެހީތެރިވެ ދެއްވާށިއެވެ.


އަހަރެންގެ ދުޢާ އަކީ ސުލްހައިގެ ވެރި މާތްސާހިބާ ތިޔަބައިމީހުންގެ ހިތްތަކަށް ހުރިހާ ވަގުތުތަކާއި ޙާލަތުތަކުގައި ވެސް ސުލްޙަވެރިކަން ދެއްވުމެވެ.


މާތް ސާހިބާ ތިޔަބައިމީހުންނަށް މާތްކަލާނގެ ލޯތްބާއި، އަދި އެކަލޭގެފާނުގެ ކިބައިން އަންނަ ކެތްތެރިކަމާއި ތަހައްމަލްކުރުމުގެ ވިސްނުން ދެއްވާށި.


މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅު އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރުގެ ބޮޑުކަމާއިމެދު ނިކަން ވިސްނާލަބާލާށެވެ! އެގޮތުގެ މަތިން އެކަލާނގެ ދަރިންގެ ލަގަބު އެކަލާނގެ އަހަރެމެންނަށް ދެއްވިއެވެ. ހަމަ ޔަޤީނުން ވެސް އަހަރެމެންނީ އެކަލާނގެ ދަރިންނީމުއެވެ! ނަމަވެސް މި ދުނިޔޭގައި ވީ މީސްތަކުންނަށް އަހަރެމެންނީ އެކަލާނގެ ދަރިން ކަން ނޭނގެނީ އެބައިމީހުންނަށް މާތްރަސްކަލާނގެ ނޭނގޭތީއެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ