Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:1 - ކިތާބުލް މުޤައްދަސާ

1 ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށްޓަކައި އަހަރެމެން ވަނީ ކެތްތެރިކަން ކޮޅުންލައިފައެވެ. އެއީ ތިޔަބައިމީހުންނާއިމެދުގައި އެއްވެސް ޚަބަރެއް ލިބިގެންނުވާތީއެވެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތެއް ކަމުގައި އަހަރެމެން ނިންމީ ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވައި އަދި އަތެންސްގައި އަހަރެންނާއި ސިލާހު މަޑުކުރުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 3:1
8 ပူးပေါင်းရင်းမြစ်များ  

ޕައުލް ގޮވައިގެން ދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.


ޕައުލް އަތެންސްގައި ސިލާހު އާއި ތިމޮތީ އަންނަންދެން މަޑު ކުރި މަޑު ކުރުމުގައި އެ ރަށް ފުރެންދެން ވާ ބުދުގެ ކަލާނގެ ތަން ފެނުމުން ހިތްނުތަނަވަސްވެ ކަންބޮޑުވިއެވެ.


ކުޑަހިނދުކޮޅަކަށް އަހަރެމެން ތިޔަ އަޚުންނާއި އުޚުތުންނާއި ވަކިކޮށްފައިވީ ނަމަވެސް އަހަރެމެންގެ ވިސްނުން ވަނީ ތިޔަބައިމީހުންނާއި އެކުގައެވެ. އަހަރެމެން އެކަކު އަނެކަކަށް ކުރިމަތިން ފެނި ބައްދަލުވުމަށް ނުހަނު އެދެމުން ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށް ގަދައަޅައި އަހަރެމެން މަސައްކަތް ކުރީމެވެ!


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެން ތިމޮތީ ފޮނުވާ ސަބަބަކީ މިއީއެވެ. އޭރުން ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން އަހަރެންނަށް އެނގޭނެއެވެ. އަދި މިހެން އިންތިޒާރު ކުރުމުގައި އަހަރެން އިތުރަށް ހުރުން ދަތި ވަނީ ތިޔަބައިމީހުން އީމާންތެރިކަމުން އެއްކިބާ ކުރުވުމަށް ޝައިތާނާ ތިޔަބައިމީހުންނަށް ވަސްވާސްދޭނޭ މިންވަރު ހިތަށްއަރާފައެވެ. އެހެން ވެއްޖެނަމަ އަހަރެމެން ކުރި މަސައްކަތްތަކަކީ ތާކުންތާކު ނުޖެހޭ މަސައްކަތެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ