ތިސަލޯނިކާގެ މަސީޙީންނަށް ފުރަތަމަ ސިޓީ 2:6 - ކިތާބުލް މުޤައްދަސާ6 ތިޔަބައިމީހުންގެ ކިބައިން ވިޔަސް އަދި އެއްވެސް ބައެއްގެ ފަރާތުން ވިޔަސް އިންސާނީ ތަޢުރީފް ކުރުންތަކަކަށް އަހަރެމެން ނުބަލަމެވެ. އަލްމަސީޙުގެ މަންދޫބުންގެ ގޮތުގައި ތިޔަބައިމީހުންނާއި އެކުގައި އަހަރެމެންވީ ހިނދު ކަންތައްތައް ކުރުމަށް ތިޔަބައިމީހުންނަށް އަމުރު ކުރުމުގެ ބާރު އަހަރެމެންނަށް ލިބިގެންވީ ކަމުގައި ވިޔަސް އެފަދައިން އަހަރެމެން އަމަލު ނުކުރަމެވެ. အခန်းကိုကြည့်ပါ။ |
އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ.
އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.